މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު)، މާލެ ސިޓީގެ މޭޔަރު ކެނޑިޑޭޓް މޫސާ އަލީ ޖަލީލަށް ތާއީދުކުރެއްވުމަށް ނިންމަވައިފިއެވެ.
ކޮންގްރެސް ޕާޓީގެ ފަރާތުން މާލެ ސިޓީގެ މޭޔަރުކަމަށް ކުރިމަތިލައްވާފައިވާ ކެނޑިޑޭޓް މޫސާ އަލީ ޖަލީލް މިއަދު ވަނީ އުއްޗުގެ އަރިހަށް ޒިޔާރަތްކުރައްވާފައެވެ. މޫސާ އަލީ ޖަލީލް ކުރެއްވި މި ޒިޔާރަތުގައި އުއްޗު ވަނީ މޭޔަރުކަމަށް ސާ ޖަލީލް އިންތިޚާބު ކުރުމަށް ތާއީދުކުރައްވާކަމާއި އަދި ވޯޓް ހޯދަން މަސައްކަތް ކޮށްދެއްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.
މިއަދުގެ މި ބައްދަލުވުމުގައި އުއްޗު ވަނީ، މާލެ ސިޓީގެ މޭޔަރުކަމަށް މިފަހަރު ވާދަކުރައްވާ ޤައުމީ ޚިދުމަތުގެ އެންމެ ފަޚުރުވެރި ރެކޯޑެއް އޮތް ބޭފުޅަކީ މޫސާ ޢަލީ ޖަލީލްކަމަށް ވިދާޅުވެފައެވެ. އަދި ވަކިން ޚާއްޞަކޮށް ސިފައިންގެ ޚިދުމަތުގައި ކެރުމާއި ހިތްވަރާއި ރީތި ނަމޫނާ ދައްކަވާފައިވާ މޫސާ ޢަލީ ޖަލީލް ފަދަ ބޭފުޅުންގެ ޚިދުމަތް މި ޤައުމަށް ބޭނުންވާކަން ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން އުއްޗު ވަނީ ޤައުމީ ޚިދުމަތުގައި އިތުބާރު ހިފެހެއްޓެވުމާއެކު މަސައްކަތް ކުރައްވާފައިވާ މޫސާ ޖަލީލް ފަދަ ބޭފުޅުން ޤައުމުގެ ޒިންމާދާރު މަޤާމުތަކުގައި ތިއްބެވުމަށް އަބަދުވެސް އިސްކަން ދެއްވާކަމަށް ވިދާޅުވެފައެވެ.
އުއްޗުގެ އަރިހަށް ކުރެއްވި ޒިޔާަރަތުގައި މޫސާ ޢަލީ ޖަލީލް ވަނީ، ދަޢުވަތު ދެއްވިކަމަށްޓަކައި އަދި އިންތިޚާބުގައި މާލެ ސިޓީގެ މޭޔަރުކަމަށް އޭނާ ގެނައުމަށް ތާއީދުކުރެއްވިކަމަށްޓަކައި އުއްޗުއަށް ޝުކުރު އަދާކުރައްވާފައެވެ.
މަޝްހޫރު ވިޔަފާރިވެރިޔާ، އުއްޗުގެ ތާއީދު މޫސާ އަލީ ޖަލީލަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ