އަހުމަދު ސޯލިހް އަލިދީދީގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒު ވިދާޅުވީ އަހުމަދު ސޯލިހް އަލިދީދީއަކީ ދިވެހި ދައުލަތަށް އަދި ހާއްސަކޮށް އައްޑޫގެ ކުރިއެރުމަށާއި ތަރައްގީއަށް މުހިންމު ހިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެއް ކަމަށެވެ.
އަހުމަދު ސޯލިހް ވަނީ ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މެންބަރުކަމާއި އައްޑު އަތޮޅު އަތޮޅުވެރިކަންވެސް ކުރައްވާފަ އެވެ.
އޭނާ ވަނީ ދިވެހި ދައުލަތަށް ގިނަ އަހަރުތަކެއް ވަންދެން ހިދުމަތް ކުރައްވާފަ އެވެ. އެ ގޮތުން ހިތަދޫ ކަތީބުކަމާއި އައްޑޫ އަތޮޅުގެ އަތޮޅުވެރިކަންވެސް ކުރެއްވި އެވެ.
މީގެއިތުރުން ގަން އެއާޕޯޓުގެ މެނޭޖަރުކަމާއި ގަމުގެ އެސްޓީއޯގެ މެނޭޖަރުކަމާއި ހިތަދޫގެ ސްޓެލްކޯގެ މެނޭޖަރުކަންވެސް އޭނާ ކުރެއްވި އެވެ.
އަހުމަދު ސޯލިހްގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ