ހުޅުމާލޭގައި އިމާރާތްކުރަމުންދާ ތަނެއްގެ ތެރޭގައި މީހަކު ރަހީނުކުރި މައްސަލައިގައި 5 ބިދޭސީން ހައްޔަރުކޮށްފި
ހުޅުމާލޭގައި އިމާރާތްކުރަމުންދާ ތަނެއްގެ ތެރޭގައި މީހަކު ރަހީނުކުރި މައްސަލައިގައި 5 ބިދޭސީން ހައްޔަރުކޮށްފިއެވެ. ފުލުހުން މިރޭ ބުނި ގޮތުގައި ހުޅުމާލޭގައި އިމާރާތްކުރަމުންދާ ތަނެއްގެ ތެރޭގައި ބަންގްލަދޭޝް މީހަކަށް އަނިޔާކޮށް ރަހީނުކޮށްފައިވާ މައްސަލަ މިދިޔަ ބުދަ ދުވަހު ފުލުހުންނަށް ވަނީ ހުށަހަޅާފައެވެ. އަދި މި މައްސަލަ ހުށަހެޅުމާއެކު، ރަހީނުކުރި މީހާ ސަލާމަތްކުރުމަށް ފުލުހުން އެ މީހާ ހޯދުމުގެ މަސައްކަތް ކުރަމުންދަނިކޮށް މީހާ ލޮކޭޓްކުރެވިފައި ވަނީ ވިލިމާލެއިން ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނި ގޮތުގައި އެ މީހާ ސަލާމަތްކުރުމަށްފަހު، ހޮސްޕިޓަލަށް ގެންގޮސް، ޑޮކްޓަރަށް ދެއްކުމަށްފަހު މިހާރު ވަނީ ދޫކޮށްލާފައެވެ. މި މައްސަލައާ ގުޅިގެން، ބަންގްލަދޭޝްއަށް ނިސްބަތްވާ ފަސް މީހުން ވަނީ ހައްޔަރުކޮށްފައެވެ. އެއީ: އެމްޑީ ހޮސައިން (30އ) އެމްޑީ މެހެދި ހަސަން (34އ) އެމްޑީ ޝާ އަލަމް (39އ) ސާފިފް ހަސަން (38އ) ރަސަލް (20އ) މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ފަސްމީހުން ވެސް 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި މި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ