ކައުންސިލާ ޑަބްލިއުޑީސީ އިންތިޚާބުގައި 294،876 މީހުންނަށް ވޯޓު ލެވޭ
އަންނަ މަހު ހަތަރެއްގައި ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގައި ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުންގެ ދާއިމީ ލިސްޓު އާންމުކޮށްފިއެވެ. ދެ އިންތިޚާބުގެ އިތުރަށް ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށްލުމަށް ނަގާ ޚިޔާލު ހޯދުމުގެ ވޯޓު ވެސް އެ ދުވަހު އޮންނާނެއެވެ. އީސީން އާންމުކުރި ލިސްޓުން އެނގޭ ގޮތުގައި، އެ އިންތިޚާބުތަކުގައި ވޯޓު ލުމުގެ ހައްގު ލިބިފައި ވަނީ، 294،876 މީހުންނަށެވެ. އެއީ، 150،370 ފިރިހެނުންނާއި 144،506 އަންހެނުންނެވެ. މީހަކު ވޯޓުލަނީ -- ސަން ފޮޓޯ އޭގެއިތުރަށް، އިންތިޚާބުގައި ވަކި ވަކި ފޮށިތަކަށް ވޯޓު ލެވޭ މީހުންގެ ނަންތައް ވެސް އީސީން ވަނީ ހާމަކޮށްފައެވެ. އީސީން ވަނީ، ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށްލުމާ ގުޅޭ ގޮތުން ޚިޔާލު ހޯދަން ނަގާ ފެންނަ ނުފެންނަ ވޯޓާއި، ކައުންސިލް އިންތިޚާބަށް ބޭރު ގައުމުތަކުގައި ވެސް އެއްވެސް ފޮށްޓެއް ނުބަހައްޓާނެ ކަމަށް ބުނެފައެވެ. https://sun.mv/218321 ކައުންސިލް އިންތިޚާބުގައި ލޯކަލް ކައުންސިލްތަކަށް 678 މެންބަރުން އިންތިޚާބުކުރާއިރު، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ވެސް 678 އިންތިޚާބުކުރަންޖެހެއެވެ. އެހެންކަމުން އެ އިންތިޚާބުގައި ޖުމްލަ 1,356 މެންބަރުން ހޮވާނެއެވެ. އެ އިންތިޚާބަށް ވާދަވެރިކަން ބޮޑުވެފައިވާއިރު، ޕީއެންސީން ވަނީ ކައުންސިލާއި ޑަބްލިއުޑީސީން އެ ޕާޓީއަށް 800 ނުވަތަ 900 ގޮނޑި ކާމިޔާބު ކުރެވޭނެ ކަމަށް ލަފާކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ