އުތުރު ކޮރެއާއިން ބެލިސްޓިކް މިސައިލްތަކެއް ޓެސްޓް ކުރުމަށް އިރުމަތީ އައްސޭރިފަށަށް ފޮނުވާލައިފި ކަމަށް ދެކުނު ކޮރެއާއިން ބުނެފިއެވެ.
އުތުރު ކޮރެއާގެ ނިއުކްލިއަރ އަދި ބެލިސްޓިކް މިސައިލް ޕްރޮގްރާމަކީ އެތައް އަހަރެއް ވަންދެން ބައިނަލްއަގުވާމީ މުޖުތަމައުން ކަންބޮޑުވުން ފާޅުކުރަމުން އަންނަ މައްސަލައެކެވެ. 2006 ވަނަ އަހަރު އެގައުމުން ފުރަތަމަ ފަހަރަށް ނިއުކްލިއަރ ޓެސްޓެއް ކުރުމާ ގުޅިގެން، އދ. ގެ ސަލާމަތީ މަޖިލީހުން ވަނީ އެގައުމާ ދެކޮޅަށް ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ. ނަމަވެސް އެ ފިޔަވަޅުތަކަށް ބޯލެނބުމެއް ނެތި، އުތުރު ކޮރެއާއިން އަންނަނީ އެމެރިކާއާއި ދެކުނު ކޮރެއާއިން ގުޅިގެން ބާއްވާ އަސްކަރީ ތަމްރީނުތަކަށް ރައްދުދިނުމުގެ ގޮތުންނާއި، އެގައުމުގެ އަސްކަރީ ގާބިލުކަން ދައްކާލުމުގެ ގޮތުން ހުއްޓުމެއްނެތި ހަތިޔާރު ޓެސްޓުކުރަމުންނެވެ.
އެމެރިކާގެ ރައީސް ޓްރަމްޕްގެ ވެރިކަމުގައި ކުރީގެ ދައުރުގައި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން އާއެކު ތާރީޚީ ބައްދަލުވުންތަކެއް ބޭއްވި ނަމަވެސް، ނިއުކްލިއަރ ހަތިޔާރު ނައްތާލުމާމެދު އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ. ފަހަކަށް އައިސް އުތުރު ކޮރެއާއިން ވަނީ އެމެރިކާއާއި ޖަޕާނު އަދި ދެކުނު ކޮރެއާގެ ގުޅުމަށް ގޮންޖެހުމުގެ ގޮތުން، ރަޝިއާ އަދި ޗައިނާއާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކޮށްފައެވެ.
އުތުރު ކޮރެއާއިން ބެލިސްޓިކް މިސައިލްތަކެއް ޓެސްޓްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ