ކެނެޑާ ސްކޫލްގައި ބަޑީގެ ހަމަލާ ދިން ކަމަށް ޝައްކު ކުރެވެނީ 18 އަހަރުގެ ޒުވާނެއް

ކެނެޑާގެ ސްކޫލެއްގައި ބަޑި ޖަހައި 10 މީހުން މަރާލި ކަމަށް ޝައްކު ކުރެވޭ މީހަކީ 18 އަހަރުގެ ޒުވާނެއް ކަމަށާއި، އޭނާގެ ނަފުސާނީ މައްސަލަތަކެއް ހުންނާނީ ފުލުހުން މީގެ ކުރިން އޭނާގެ ގެޔަށް ޒިޔާރަތްކޮށްފައިވާ ކަމަށް ކެނެޑާގެ ފުލުހުން ބުނެފިއެވެ. ފުލުހުން ބުނީ ޖެސީ ވެން ރޫޓްސެލާ ނަމަކަށް ކިޔާ އެ ޒުވާނާ ވަނީ ހަމަލާގައި މަރުވެފައި ކަމަށާއި ހަމަލާދިނުމުގެ ތެރޭގައި ލިބުނު އަނިޔާއަކުން މަރުވީ ކަމަށް ބެލެވޭ ކަމަށެވެ. ރޯޔަލް ކެނެޑީއަން މައުންޓެޑް ޕޮލިސްގެ ޑެޕިއުޓީ ކޮމިޝަނަރު ޑްވޭން މެކްޑޮނަލްޑް ވިދާޅުވީ ސްކޫލަށް ހަމަލާދިނުމުގެ ކުރިން ރޫޓްސެލާ ފުރަތަމަ މަރާލީ އޭނާގެ މަންމަ އާއި އެއްބަނޑު އެއްބަފާ ކޮއްކޮ ކަމަށެވެ. އޭގެފަހުން އެގެއާ ކައިރީގައި ހުރި ހައި ސްކޫލަށް ވަދެ ހަމަލާ ދިނީއެވެ. އަދި އޭނާއަކީ ނަފުސާނީ ބަލި ތަހަމައްލު ކުރާ ކުއްޖެއް ކަމަށްވެސް ފުލުން ހާމަކުރިއެވެ. ސްކޫލަށް ދިން ހަމަލާގައި 10 މީހުން މަރުވެފައިވާއިރު، އެކަކު މަރުވީ ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންދިޔަ މަގުމަތީގައެވެ. މަރުވި މީހުންގެ ތެރޭގައި 39 އަހަރުގެ ޓީޗަރަކާއި އުމުރުން 12 އަހަރާއި 13 އަހަރުގެ ފަސް ކުދިންވެސް ހިމެނެއެވެ. މަރާލި މީހުންގެ ތެރެއިން އެކަކު ސިޑިއެއްގެ މަތިން ފެނިފައިވާއިރު ބާކީ ތިބި މީހުންގެ ހަށިގަނޑު ފެނުނީ ލައިބްރަރީން ކަމަށް ފުލުުހުން ބުނެއެވެ. މަރާލީ އެއްވެސް މީހަކީ ރޫޓްސެލާއާ ގުޅުން ހުރި މީހެއް ނޫން ކަމަށް ވެސް ކޮމިޝަނަރު ވިދާޅުވިއެވެ. މި ހަމަލާއަކީ 2020 ވަނަ އަހަރު ނޮވާ ސްކޯޝާ ކިޔާ މީހަކު ބަޑިޖަހައި 13 މީހުން މަރާލައި އަލިފާން ރޯކޮށް އިތުރު ނުވަ މީހުން މަރާލި ފަހުން ކެނެޑާގައި ދިން އެންމެ ނުރައްކާތެރި ހަމަލާއެވެ. އެ ހަމަލާއާ ގުޅިގެން ހަތް ދުވަހުގެ މުއްދަތަށް ކެނެޑާގެ ދިދަ ބައި ދަނޑިއަށް ތިރިކުރަން ސަރުކާރުން ވަނީ ނިންމާފައެވެ. ޓަމްބަލާ ރިޖް އަކީ އެމެރިކާގެ ބޯޑަރާ ގާތްގަނޑަކަށް 680 ކިލޯމީޓަރު (422 މޭލު) ދުރުން ކެނެޑާގެ ހުޅަނގުގައި އޮންނަ ފަރުބަދަމަތީ ޓައުނެކެވެ. އެ ސަރަހައްދުގައި ދިރިއުޅެނީ ގާތްގަޑަކަށް 2400 މީހުންނެވެ. ޓަމްބަލާ ރިޖް ސެކަންޑަރީ ސްކޫލުގައި ގްރޭޑް ހަތަކުން 12 އަށް 175 ދަރިވަރުން ކިޔަވަމުންދާ ކަމަށް އެ ސްކޫލްގެ ވެބްސައިޓުގައިވެއެވެ. ބަޑި ގެންގުޅުން ކޮންޓްރޯލް ކުރުމަށް އެމެރިކާއަށް ވުރެ ހަރުކަށި ގާނޫނުތައް ހަދައިފައިވާ ކެނެޑާގައި އެފަދަ ބަޑީގެ ހަަމަލާދިނުމަކީ އާންމު ކަމެއް ނޫނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ