ރަބަތު، މޮރޮކޯ (ޖެނުއަރީ 19) - މުބާރާތް ބޭއްވި ގައުމު މޮރޮކޯ އަތުން 1-0 އިން މޮޅުވެ، ސެނެގާލުން ފަސް އަހަރު ތެރޭ ދެ ވަނަ ފަހަރަށް، އެފްރިކާގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް، އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ޗެމްޕިއަންކަން ހޯދައިފި އެެވެ.
ސެނެގާލުން އެ ގައުމުގެ ތާރީހުގައި ފުރަތަމަ ފަހަރަށް އެފްރިކަން ކަޕް ކާމިޔާބުކުރީ 2021 ވަނަ އަަހަރު އެވެ. އެއީ، ފައިނަލުގައި ޕެނަލްޓީ ޖަހައިގެން މިސްރު ބަލިކޮށްގެންނެވެ. އަދި، އެފްރިކަން ކަޕް ފައިނަލުން 2002 އާއި 2019 ގައި ބަލިވި ސެނެގާލުން ރޭގެ ފައިނަލުގައި މޮޅުވެފައިވަނީ، އިތުރު ވަގުތުގެ ދެ ހާފު ކުޅެގެންނެވެ.
ރޭގެ ފައިނަލުގައި، މޮރޮކޯ އަށް 50 އަހަރު ތެރޭ ފުރަތަމަ ތަށި ހޯދަން ރަނުގެ ފުރުސަތެއް ލިބުނެވެ. އިތުރު ވަގުތުގެ ތެރޭގައި މޮރޮކޯ އަށް ލިބުނު ޕެނަލްޓީއެއް ޖަހަން 24 ވަރަކަށް މިނިޓް މަޑުކުރަން ޖެހުނެވެ. އެއީ، ސެނެގާލް ސަޕޯޓަރުންގެ ހަމަނުޖެހުންތަކާ ހެދި ދަނޑުގެ ސެކިއުރިޓީ ހާލަތު ކޮންޓްރޯލްގެ ދަށަށް ގެނައުމަށެވެ. އަދި، ހާލަތު ހަމަޖައްސައި، މެޗުފެ ފުރިހަަމަ ވަގުތުގައި ކުޅެން ލިބުނު އެންމެ ފަހު ބޯޅައިގައި މޮރޮކޯގެ ބްރަހިމް ޑިއާޒް ޖެހި ޕެނަންކާ ޕެނަލްޓީ ދިޔައީ، ސެނެގާލް ކީޕަރު އެޑޮއާޑް މެންޑީ އަތަށެވެ. މި ފަހަރުގެ އެފްރިކަން ކަޕްގެ އެންމެ ގިނަ ގޯލު (5 ލަނޑު) ޖެހި ބްރަހިމް އަށް އެންމެ މުހިންމު ފުރުސަތުގެ ބޭނުން ނުހިފުނެވެ.
މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު އިތުރު ވަގުތުގެ ދެ ހާފުގެ ތެރެއިން ފުރަތަމަ ހާފު ފެށުނުތަނާހެން ސެނެގާލަށް ކާމިޔާބުކޮށްދިނީ ޕާޕޭ ގޭއި އެވެ. މޮރޮކޯ އަށް އެއްވަރުކޮށްދޭން ނައީފް އެގާޑް ޖެހި ބޯޅަ އަމާޒުވީ ހުރަސްދަނޑިއަށެެވެ.
މޮރޮކޯ އިން 1976 ވަނަ އަހަރަށް ފަހު އެފްރިކަން ކަޕް ހޯދަން ކުރި އިންތިޒާރު މި ވަނީ ދިގުލައިފަ އެވެ. ދެން، އެ ގައުމުގައި އެންމެ އަވަހަށް އޮންނާނީ، 2030 ގެ ވޯލްޑް ކަޕް އެވެ. އެއީ، ސްޕެއިން އާއި ޕޯޗުގަލްއާ ގުޅިގެން ހޯސްޓްކުރާ ވޯލްޑް ކަޕެކެވެ. މޮރޮކޯ އަށް ވަނީ މި ފަހަރުގެ އެފްރިކަން ކަޕްގެ ފެއާޕްލޭ ޓީމު ޓްރޮފީ ލިބިފަ އެވެ.
މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކީ ސެނެގާލްގެ ސަޑިއޯ މާނޭ އެވެ. މާނޭ ވަނީ މިއީ، އޭނާގެ ފަހު އެފްރިކަން ކަޕް ކަމަށް ބުނެފަ އެވެ. މި ފަހަރުގެ މުބާރާތުގެ އެންމެ މޮޅު ކީޕަަރަކީ، މޮރޮކޯގެ ޔާސީން ބޯނޯ އެވެ.
މިސްރުގެ މައްޗަށް ޕެނަލްޓީގައި 4-2 އިން ކުރިހޯދައި، ނައިޖީރިއާ އިން މުބާރާތުގެ ތިން ވަނަ ހޯދި އެވެ.
މޮރޮކޯ ބަލިކޮށް ސެނެގާލުން އެފްރިކަން ކަޕް ކާމިޔާބުކޮށްފި މޮރޮކޯ ބަލިކޮށް ސެނެގާލުން އެފްރިކަން ކަޕް ކާމިޔާބުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ