ބާމިންހަމް (ޖެނުއަރީ 19) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އެސްޓަން ވިލާ 1-0 އިން ބަލިކޮށް، އެ ޓީމުން އަމިއްލަ ދަނޑުގައި ދަމަހައްޓަމުން އައި ރަނގަޅު ރެކޯޑް އެވަޓަން އިން ނިމުމަކަށް ގެނެސްފި އެވެ.
މި މެޗުގެ ކުރިން ވިލާ އިން އެންމެ ފަހުން އަމިއްލަ ދަނޑުގައި ކުޅުނު 11 މެޗުން ވެސް ވަނީ މޮޅުވެފަ އެވެ. އޭގެ ތެރޭގައި ލީގުގެ އެއް ވަނައިގައި އޮތް އާސެނަލާއި ދެ ވަނައިގައި އޮތް މެންޗެސްޓާ ސިޓީ އަތުން މޮޅުވި މެޗުތައް ވެސް ހިމެނެ އެވެ. ރޭ އެވަޓަން އަތުން މޮޅުވެގެން، ލީގުގެ ދެ ވަނަ އަށް ޖެހިލެވެން އޮތް ވިލާ އޮތީ ތިން ވަނައިގަ އެވެ.
އެއް ވަނައިގައި އޮތް އާސެނަލަށް 22 މެޗުން 50 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް މެންޗެސްޓާ ސިޓީ އަށް 22 މެޗުން 43 ޕޮއިންޓް ލިބިފައިވެ އެވެ. ތިން ވަނައިގައި އޮތް ވިލާ އަށް ވެސް 22 މެޗުން ލިބިފައިވަނީ 43 ޕޮއިންޓެވެ.
ވިލާ ޕާކުގަައި ކުޅުނު މެޗު ފަށައިގެން 11 ސިކުންތު ތެރޭގައި އެވަޓަން އަށް ލީޑުނަގައިދޭން މާލިން ރޯލް ޖެހި ޝޮޓެއް ގޯލުގެ ދަނޑިއަށް އަމާޒުވި އެވެ. އެވަޓަންގެ ޖޭކް އޯބްރަޔަން ޖެހި ގޯލެއް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން އޮފްސައިޑް ކަމަށް ނިންމިއިރު، މެޗުގެ ހަމައެކަނި ލަނޑު 59 ވަނަ މިނިޓްގއި ޖެހީ ތިއާނޯ ބެރީ އެވެ. މިއީ، ވިލާ ޑިފެންސް ލައިނުގެ ގޯހަކުން ތަނަވަސްވި ފުރުސަތެއްގައި ބެރީ ޖެހި ގޯލެކެވެ.
ވިލާ އަށް އެއްވަރުކޮށްދޭން މޯގަން ރޮޖާސް ފޮނުވާލި ހަމަލާއެއް އެވަޓަން ކީޕަރު ޖޯޑަން ޕިކްފޯޑް ވަނީ މަތަކޮށްފަ އެވެ.
ވިލާގެ ރަނގަޅު ރެކޯޑް އެވަޓަންގެ އަތްދަށުވެ ނިމުމަކަށް ވިލާގެ ރަނގަޅު ރެކޯޑް އެވަޓަންގެ އަތްދަށުވެ ނިމުމަކަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ