އިންޑިއާއިން ހުރިހާ ޚަރަދެއް ހަމަޖައްސައިދޭ ސްކޮލަޝިޕްތަކަކަށް ކުރިމަތިލާން ހުޅުވާލައިފި

އިންޑިއާއިން ހުރިހާ ޚަރަދެއް ހަމަޖައްސައިދޭ ސްކޮލާޝިޕްތަކަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. އިންޑިއާގެ ހައި ކޮމިޝަނުން ވަނީ އިންޑިއަން ކައުންސިލް ފޯ ކަލްޗަރަލް ރިލޭޝަންސް (އައިސީސީއާރް)ގެ ފަރާތުން ސްކޮލާޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި ވާކަން ހާމަކޮށްފައެވެ. އެ ޕްރޮގްރާމްގެ ދަށުން ދިވެހި ދަރިވަރުންނަށް ޖުމްލަ 32 ޖާގަ ވަނީ ކަނޑައަޅައިފައެވެ. އޭގެތެރޭގައި: އަންޑަގްރެޖުއޭޓް ނުވަތަ ޑިގްރީ ފެންވަރުގެ ކޯސްތަކަށް: 20 ޖާގަ އާޓްސް އަދި ކަލްޗާއިން: 10 ޖާގަ ޔޯގާ އަދި ފިޓްނަސްއިން: 2 ޖާގަ https://x.com/hcimaldives/status/2031282709952348362 އިންޑިއަން ހައިކޮމިޝަނުން ވަނީ މި ސްކޮލާޝިޕްތަކަށް އެޕްލައިކުރުމުގެ ފުރުސަތު މިމަހުގެ 15 ވަނަ ދުވަހާ ހަމައަށް އޮތްކަން ފާހަގަކޮށްފައެވެ. އެ ސްކޮލާޝިޕްތަކަށް އައިސިީސީއާރުގެ ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމަށް ހައިކޮމިޝަނުން ވަނީ އެދިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ