ދިރާގުން ދަރިވަރުންނަށް ހާއްސަ ހަރަކާތެއް ބާއްވައިފި

އިއްޔެ ފާހަގަކުރި ބައިނަލްއަގުވާމީ ތައުލީމީ ދުވަހާ ގުޅުވައިގެން ރާއްޖޭގެ ކޮލެޖް އަދި ޔުނިވަސިޓީގެ ދަރިވަރުންނަށް ހާއްސަކޮށް 'ދިރާގު ސްޓޫޑެންޓް ކަނެކްޓް'ގެ ނަމުގައި ހާއްސަ ޕްރޮގްރާމެއް ފަށައިފި އެވެ.
ވީ ކިހިނެއް؟ - މިއީ، ޑިޖިޓަލް ވަސީލަތްތަކުގެ އެހީގައި ޒުވާނުންގެ އުފެއްދުންތެރިކަން އިތުރުކޮށް، ޒުވާނުން ބާރުވެރިކުރުމުގެ މަގުސަދުގައި ދިރާގުން ތައާރަފްކޮށްފައިވާ ހަރަކާތެކެވެ.
ތަފްސީލް - ދިރާގު ސްޓޫޑެންޓް ކަނެކްޓްގެ ދަށުން ބޭއްވި ފުރަތަމަ ހަރަކާތް، 'އައިސިކް އެޑިޝަން' ދިރާގުގެ މައި އިމާރާތުގައި މިއަދު ބޭއްވީ ދަރިވަރުންނަށް ހާއްސަ އޮފާތަކާއި ޑިސްކައުންޓްތަކާއި ގޭމިން އަދި މުނިފޫހިފިލުވުމުގެ އެކިއެކި ކަންކަމާ އެކު އެވެ.
މި ހަރަކާތުގައި:
ބައިވެރިވި ދަރިވަރުންނަށް ދިރާގު x އައިސިކް ސްޓޫޑެންޓް ޑިސްކައުންޓް ކާޑުގެ އެއް އަހަރުދުވަހުގެ ސަބްސްކްރިޕްޝަނެއް ވަނީ މުޅިން ހިލޭ ދީފައި 
މީގެ ސަބަބުން ދަރިވަރުންނަށް ދުނިޔޭގެ އެކި ކަންކޮޅުތަކުންނާއި ރާއްޖޭގެ އެކި އައުޓްލެޓްތަކުން ހާއްސަ އޮފާތަކާއި ޑިސްކައުންޓްތައް ލިބޭނެ
ބުނީ ކީކޭ؟ - "ޒުވާނުން ބާރުވެރިކުރުވުމަށް އެހީތެރިވެދީ، ޒުވާނުން އިހުތިޔާރުކުރާ މުސްތަގުބަލަށް ވާސިލުވުމަށް ބޭނުންވާ އަގުހުރި ފުރުސަތުތަކާއި ވަސީލަތްތައް އަދި ތަޖުރިބާތައް ފޯރުކޮށްދިނުމަކީ ދިރާގުން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެއް،" ދިރާގުގެ ޗީފް ކޮމާޝަލް އޮފިސަރު އަލީ ރިޔާޒް ވިދާޅުވި އެވެ.
ދިރާގުގެ ޑިރެކްޓަރު އޮފް ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް މިރްޝާން ހަސަން ވިދާޅުވި ގޮތުގައި، ދިރާގުގެ އަމާޒަކީ ޑިޖިޓަލް ގޮތުން ކުރިއަރަމުން އަންނަ ޒަމާނެއްގައި، އޭއައި ވަސީލަތްތަކާއި ހައި-ސްޕީޑް އިންޓަނެޓް ފަދަ ޑިޖިޓަލް ހިދުމަތްތަކުގެ އެހީގައި ދަރިވަރުންނަށް ތައުލީމީ ގޮތުން، އެކި ދާއިރާތަކުން އަދި އުފެއްދުންތެރިކަމުގެ ގޮތުން ކުރިއަރައިދިއުމަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.
އައިސިކް މޯލްޑިވްސްގެ އިލްޔާސް ހަނީފް ވަނީ، ދިރާގުން ދަރިވަރުން ކުރިއެރުވުމަށް ދޭ އެހީތެރިކަން ފާހަގަކޮށް ޝުކުރު އަދާކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ