އައްޑޫގެ ގުޅިފައިވާ ރަށްތަކުން އަނެއްކާވެސް ކަރަންޓު ކެނޑިއްޖެ އައްޑޫގެ ގުޅިފައިވާ ރަށްތަކުން އަނެއްކާވެސް ކަރަންޓު ކެނޑިއްޖެ

އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުން އަނެއްކާވެސް ކަރަންޓުގެ ހިދުމަތް މެދުކެނޑިއްޖެ އެވެ.
އައްޑޫއަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެމުންދާ ފެނަކަ ކޯޕަރޭޝަނުން ބުނީ ކަރަންޓު ކެނޑުނީ އިންޖީނަކަށް ދިމާވި މައްސަލައަކާ ގުޅިގެން ޕަވާ ހައުސް ޑައުންވެގެން ކަމަށެވެ.
"އިންޖީނަކަށް މައްސަލައެއް ދިމާވެ ޕަވާ ހައުސް ވަނީ ޑައުންވެފައި ހުރީ. އައްޑޫގެ ގުޅިފައިވާ ރަށްތަކުން މިވަގުތު ވަނީ ކަރަންޓުގެ ހިދުމަތް މެދުކެނޑިފައި،" ފެނަކައިން ބުންޏެވެ.
ފެނަކައިން ބުނީ އިންޖީނަށް ދިމާވި މައްސަލަ ހައްލުކޮށް ވީހައިވެސް އަވަހަކަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަށް އެ ކުންފުނިން މަސައްކަތް ކުރަމުންދާ ކަމަށެވެ.
އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުން ދޭތެރެ ދޭތެރެއިން ކަރަންޓުގެ ހިދުމަތް މެދުކެނޑެ އެވެ. އެ ސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނެސްދޭނެ ކަމަށް ސަރުކާރުން ބުނި ނަމަވެސް އެކަން އަދިވެސް ހައްލެއް ނުވެ އެވެ.
މީގެއިތުރުން އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ފެނުގެ ހިދުމަތް ވެސް އެކަށީގެންވާ ގޮތެއްގައި ނުދެވި، އެ ހިދުމަތް ވެސް ދޭތެރެދޭތެރެއިން މެދުކެނޑެ އެވެ. އެކަން ވެސް ހައްލުކޮށްދޭނެ ކަމަށް ބުނެ ސަރުކާރުން މަޝްރޫއެއް އިއުލާންކުރި ނަމަވެސް، އެ މަޝްރޫއުގެ މަސައްކަތް މިހާތަނަށް ފެށިފައެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ