ޕާޓީގެ ރައީސްގެ މަގާމުގައި ހުރެ ވަކި ކެންޑިޑޭޓަކަށް އެތެރޭގެ އިންތިހާބެއްގައި ތާއީދު ކުރުމަކީ ގަބޫލުކުރާ އުސޫލެއްނޫން ކަމަށް އެމްޑީޕީގެ ރައީސް އަބްދުالله ޝާހިދު ވިދާޅުވެއްޖެ އެވެ.
ޝާހިދު މިހެން ވިދާޅުވީ އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގަ އެވެ. އެ ޕޯސްޓްގައި ވިދާޅުވީ ޕާޓީގެ ރައީސްގެ މަގާމުގައި ހުރެ ވަކި ކެންޑިޑޭޓަކަށް އެތެރޭގެ އިންތިހާބެއްގައި ތާއީދު ކުރުމަކީ ގަބޫލުކުރާ އުސޫލެއްނޫން ކަމަށެވެ. އަދި ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބުގެ އެމްޑީޕީ ޕްރައިމަރީގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް ކާމިޔާބީއަށް އެދޭ ކަަމަށެވެ.
އެމްޑީޕީގެ ޓިކެޓް ކާމިޔާބު ކުރާ ހުރިހާ ބޭފުޅުންނާއި އެކު ލޯކަލް ކައުންސިލް އިންތިހާބު އެމްޑީޕީ އަށް ކާމިޔާބުކޮށްދިނުމަށް ހުރިހާ މަސައްކަތެއް ކުރުމަށް ތައްޔާރަށް ހުރި ކަަމަށްވެސް ޝާހިދު ވިދާޅުވި އެވެ.
"މާތް اللهގެ ހެޔޮ ރަހްމަތްފުޅުން މި އިންތިހާބު އެމްޑީޕީ އަށް ބޮޑުކޮށް ކާމިޔާބު ކުރެވޭނެ," ޝާހިދުގެ ޕޯސްޓްގައި ވިދާޅުވި އެވެ.
ޝާހިދު މިހެން ވިދާޅުވިއިރު އެމްޑީޕީގެ އިސް މަގާމުތައް ކުރީން ފުރުއްވި ބައެއް ބޭފުޅުން ވަނީ ވަކިވަކި ކެންޑިޑޭޓުން އެންޑޯސް ކޮށްފަ އެވެ. އަދި ކެމްޕެއިން ގައި ވެސް ދަނީ ބައިވެރިވަމުންނެވެ. އެ ގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވަނީ ވަކި ކެންޑިޑޭޓަކު ހޮވަން މަސައްކަތް ފަށާފަ އެވެ.
މަގާމުގައި ހުރެ ވަކި ކެންޑިޑޭޓަކަށް ތާއީދުކުރުމަކީ ގަބޫލުކުރާ އުސޫލެއް ނޫން: ޝާހިދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ