މަޝެރާނޯ، ބެކަމް އާއި މެސީ ދޫކޮށްލައިފި

އިންޓަމިއާމީގެ ކޯޗު ހާވިއާ މަޝެރާނޯ އެ ޓީމުގެ ކޯޗުކަން ދޫކޮށްލައިފި އެވެ.
އިނގިރޭސި ކުރީގެ ގައުމީ ކެޕްޓަން ޑޭވިޑް ބެކަމްގެ ބޮޑު ހިއްސާއެއް އޮންނަ މި ކުލަބުގެ ކެޕްޓަނަކީ އާޖެންޓީނާގެ ކެޕްޓަން ލަޔޮނަލް މެސީ އެވެ. މި ޓީމުގެ ކޯޗުކަމަށް 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހު މަޝެރާނޯ ގެނައުމުގައި މެސީ އިސްދައުރެއް އަދާކުރި އެވެ. މަޝެރާނޯ އަކީ އާޖެންޓީނާ އާއި ބާސެލޯނާގައި މެސީއާއެކު ކުޅުނު ކުޅުންތެރިއެކެވެ.
ހުސްވި ސީޒަނުގެ ކާމިޔާބީ އަށް ފަހު މި ސީޒަނުގައި އިންޓަ މިއާމީ ނެރެމުންދިޔަ ދަށް ނަތީޖާތަކާއެކު މަޝެރާނޯ އިސްތިއުފާ ދިން ނަމަވެސް ކުލަބުން ބުނީ އޭނާ ވަކިވީ އާއިލީ ސަބަބުތަކާހުރެ ކަމަށެވެ.
"އަހަރެން ހުރިހާ އެންމެނަށް ވެސް ބުނެލަން ބޭނުންވަނީ އަމިއްލަ ސަބަބުތަކާހުރެ އަހަރެން ނިންމަނީ އިންޓަ މިއާމީގެ ކޯޗުކަމާ ދުރަށް ދާން،" މެޝެރާނޯ ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
އުމުރުން 41 އަހަރުގެ މަޝެރާނޯ ވަކިވުމުން މިއާމީގެ ކޯޗުކަމާ ހަވާލުވާނީ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޑިޕާޓްމަންޓްގެ ހެޑް ގުއިލާމޯ ހޮޔޯސް އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ