ހުޅުމާލޭ ގާޒީ ސްކޫލްގެ ޕްރިންސިޕަލް ވަޒީފާއިން ވަކި ކޮށްފި

ހުޅުމާލޭ ގާޒީ ސްކޫލްގެ ޕްރިންސިޕަލް އިބްރާހީމް ޝާކިރު ވަޒީފާއިން ވަކި ކޮށްފިއެވެ.
ވީއެފްޕީއަށް މައުލޫމާތު ލިބިފައިވާ ގާޒީ ސްކޫލްގެ ޕްރިންސިޕަލްއަކަށް ހުރި އިބްރާހިމް ޝާކިރު އެމަގާމުން ވަކިކޮށްފައިވަނީ މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހުއެވެ.
ވީއެފްޕީއަށް އެނގިފައިވާ ގޮތުގައި ސުކޫލު ހިންގުން މިހާރުވަނީ އެ ސުކޫލުގެ ޑެޕިއުޓީ ޕްރިންސިޕްލް މޫސާ އާދަމްއާއި ހަވާލުކޮށްފައެވެ. އަދި ވަރަށް އަވަހަށް ޕްރިންސިޕަލްއަކު އައްޔަން ކުރާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން އެސުކޫލަށް ވަނީ އަންގާފައެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެމަގާމަށް އެހެން މީހަކު މިހާރު އައްޔަން ކޮށްފައިވާ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް އަދި ނުލިބެއެވެ.
އެކަމާއި ގުޅިގެން ޝާކިރަށް ގުޅުމުން ފޯނު ނުނަގާތީ ޝާކިރުގެ ބަހެއް ލިބޭގޮތް ވަނީ ނުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ