ނޫސްވެރިކަމުގެ މިނިވަންކަމުގައި ގައުމު ފަހަތައް ސޮއްސާލުމަކީ ހިތާމަހުރި ކަމެއް: ގާސިމް

މިނިވަން ނޫސްވެރިކަމުގެ އިންޑެކްސްގައި ރާއްޖެ ފަހަތަށް ސޮއްސާލުމަކީ ހިތާމައެއް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.ބައިނަލްއަގުވާމީ ނޫސްވެރިކަމުގެ މިނިވަން ކަމުގެ ދުވަހާ ގުޅިގެން އެ ދުވަހުގެ ތަހުނިޔާ ނޫސްވެރިންނަށް ފޮނުއްވަމުން ގާސިމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ވަކި އަތަކަށް ނުޖެހި އިންސާފުވެރިކަމާ އެކު ރައްޔިތުންނަށް ހަބަރާ މައުލޫމާތު ގެނެސްދޭނެ ނޫސްވެރިކަމަކީ ޑިމޮކްރަސީއެއްގައި ހަތަރު ބާރު ކަމީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫން ކަމަށެވެ.ގާސިމް ވިދާޅުވީ އިންސާނީ ކަރާމަތް ދަމަހައްޓައި ތެދުވެރިކަމާ އެކު ހަގީގަތް ހާމަކުރުމުގައި ނޫސްވެރިން އަދާ ކުރަން ޖެހޭ ދައުރު ވެރިކަމުގެ ފަރާތުން ހަނިކޮށް ދަތިކޮށްގެން ނުވާނެ ކަމަށެވެ."ދުނިޔޭގެ ނިސްބަތުން ނޫސްވެރިކަމުގެ މިނިވަންކަމުގެ ދަރަޖަ އިން ޖެހި ޖެހިގެން ފަހަތަށް މި ގައުމު ސޮއްސާލައި ކަމީ ހިތާމަ ހުރި ކަމެކެވެ،" ގާސިމް ވިދާޅުވިއެވެ.ވޯލްޑް ޕްރެސް ފްރީޑޮމް އިންޑެސްގައި 2022 ވަނަ އަހަރު ރާއްޖެ އޮތީ 87 ވަނައިގަ އެވެ. އެހެން ނަމަވެސް އިއްޔެ އާންމުކުރި ޕްރެސް ފްރީޑޮމް އިންޑެކްސްގައި ރާއްޖޭގެ ދަރަޖަ ވަނީ 100 ވަނައަށް ވެއްޓިފަ އެވެ.އޭގެ މާނައަކީ ރާއްޖެ މިހާރު އޮތީ ނޫސްވެެރިކަމުގެ މިނިވަންކަމަށް ހުރަސްތަކާއި ގޮންޖެހުންތައް ހުރި ގައުމުތަކުގެ ކެޓަގަރީގަ އެވެ.އިތުރަށް ކިޔާލަން: ނޫސްވެރިކަމުގެ މިނިވަން: 13 ދަރަޖަ ފަހަތަށް ރާއްޖެ ސޮއްސާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ