ހަށި ވިއްކާ ނެޓްވޯކެއްގެ އިސް ފަރާތެއް ހައްޔަރު ކޮށްފި

ހަށިވިއްކާ ނެޓްވޯކެއްގެ ބޮޑެއްކަމަށް ބެލެވޭ މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ އުމުރުން 33 އަހަރުގެ ބަންގްލަދޭޝަށް ނިސްބަތްވާ ފިރިހެނެކެވެ. އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 15 ދުވަސް ޖަހާފައެވެ.
އޭނާއަކީ ފުޅާދާއިރާއެއްގައި ރާއްޖެއިން ބޭރުން މީހުން ގެނެސް ހަށިވިއްކުމުގެ ވިޔަފާރި ކުރާ ފަރާތެއް ކަމަށް ފުލުހުން ތުހުމަތު ކުރެއެވެ.
ފުލުހުން ތުހުމަތު ކުރާގޮތުގައި، އެ ބިދޭސީ މީހާ އަކީ ހަށިވިއްކުމުގެ ވިޔަފާރިކުރާ ނެޓްވޯކެއްގެ އިސްފަރާތެއް ކަމަށް ބެލެވޭ މީހެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ