މެމްބަރު ޖޭފޯ އެމްޑީޕީއާ ގުޅިވަޑައިގެންފި

ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުލް މުހުސިން ހަމީދު (ޖޭފޯ)، ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީއާ ގުޅިވަޑައިގެންފި އެވެ.
17 ވަނަ ރައްޔިތުންގެ މަޖިލީހުގައިވެސް ނިލަންދޫ ދާއިރާގެ މަޖިލިސް މެންބަރުން ކުރެއްވި ޖޭފޯ މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ ގޮނޑިއަށް އިންތިހާބުވީ އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގަ އެވެ.
ނަމަވެސް މި ފަހުން ދަގެނތީ ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ނާޒިމުގެ އެމްއެންޕީއަށް ޖޭފޯ ސޮއިކުރެއްވިކަމުގެ އަޑުތަކެއް ފެތުރުނެވެ. އެ އަޑުތައް ފެތުރުނީ އެމްއެންޕީ އުފެއްދުމަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭނާ އިންނެވުމުންނެވެ.
އިތުރު ތަފުސީލު އަންނަނީ …
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ