ގާސިމްގެ ސްޕެޝަލް އެންވޯއީގެ މަގާމަށް އިލްހާމް

ޖުމްހޫރީ ޕާޓީން ބުނީ މިއަދު އޮތް ކައުންސިލް ބައްދަލްވުމުގައި ގާސިމް އިބްރާހިމްގެ ސްޕެޝަލް އެންވޯއީގެ މަގާމަށް އިލްހާމް ހަމަޖައްސަވާފައިވާކަން ގާސިމް އިއުލާނު ކުރައްވާފައިވާ ކަމަށެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ސްޕެޝަލް އެންވޯއީގެ މަގާމަށް ދަނގެތީ ދާއިރާގެ ކުރީގެ މެންބަރު އިލްހާމް އަހްމަދު ހަމަޖައްސަވައިފި އެވެ.
ސްޕެޝަލް އެންވޯއީގެ މަގާމަށް ބޭފުޅަކު ހަމަޖެއްސުމުގެ ބާރާއި އިހްތިޔާރު ގާސިމަށް އެ ޕާޓީގެ ކައުންސިލުން ދީފައިވަނީ މި މަހުގެ 14 ވަނަ ދުވަހު އޮތް ކައުންސިލް ބައްދަލްވުމުގައެވެ.ޖުމްހޫރީ ޕާޓީން ބުނީ މިއަދު އޮތް ކައުންސިލް ބައްދަލްވުމުގައި ގާސިމް އިބްރާހިމްގެ ސްޕެޝަލް އެންވޯއީގެ މަގާމަށް އިލްހާމް ހަމަޖައްސަވާފައިވާކަން ގާސިމް އިއުލާނު ކުރައްވާފައިވާ ކަމަށެވެ. އިލްހާމް ކުރީން ހުންނެވީ ގާސިމްގެ ސްޕެޝަލް އެޑްވައިޒަރެއްގެ ގޮތުގައެވެ. އިލްހާމަކީ ދެ ދައުރެއްގައި މަޖިލީސް މެންބަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. ކުރީން ޑީއާރުޕީ އާއި ޕީޕީއެމްގައި އިސް ދައުރެއް އަދާކުރެއްވި އެވެ.ޖުމްހޫރީ ޕާޓީއަށް ވަޑައިގެންނެވީ ޕީޕީއެމްގައި ހުންނެވުމަށް ފަހު އެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ