ދެކޮމަންޑޫ ގުޅާލުމަށް ބޭނުންވާ ޖިއޯޓެކްނިކަލް ސަރވޭ ނިމިއްޖެ

ށ. ކޮމަންޑޫ ޝޯޕްރޮޓެކްޝަން ރެކްޓިފިކޭޝަންއާއި މަތިކޮމަންޑޫ ކަނެކްޓިވިޓީ މަޝްރޫޢުގެ ދަށުން، މަސައްކަތަށް ބޭނުންވާ ޖިއޯޓެކްނިކަލް ސަރވޭ ނިންމާލައިފިއެވެ.
އެމްޓީސީސީ  އިން ބުނީ މި ސަރވޭގެ ދަށުން ބްރިޖްގެ ފުންމިން ބެލުމަށްޓަކައި ބޯރހޯލް ތޮރުފައިގެން ބެޑްރޮކް ލެވަލް ބެލިފައިވާ ކަމަށެވެ.
އަދި، ސަރވޭގެ ހޯދުންތަކަށް ބިނާކޮށް ބްރިޖްގެ ފައުންޑޭޝަން އެޅުމަށް މިހާރު ދަނީ ތައްޔާރުވަމުން ކަމަށް އެމްޓީސީސީ އިން ބުނެއެވެ.
މި މަޝްރޫޢުގެ ދަށުން، 16.7 ހެކްޓަރުގެ ބިން ހިއްކައި 200 މީޓަރު ދިގުމިނުގެ ލިންކަކުން ކޮމަންޑޫ އަދި މަތިކޮމަންޑޫގައި ހިއްކާ ސަރަޙައްދު ގުޅުވާލުން ހިމެނޭ. އަދި 1690 މީޓަރުގެ ޝޯރ ޕްރޮޓެކްޝަން ރެކްޓިފިކޭޝަން މަސައްކަތް ކުރުންވެސް ހިމެނެއެވެ.
މިއީ 235.75 މިލިޔަން ރުފިޔާގެ މަޝްރޫއެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ