އިސްލާމީ ވަޙްދަތު ފުނޑާލަން އެޑިޔުކޭޝަނުން ކުރާ މަސައްކަތާ ދެކޮޅަށް ހުރިހާ ރައްޔިތުން އިޙްތިޖާޖްކޮށް ވަޠަން ސަލާމަތްކުރަން ނުކުތުމަށް ޑރ. އިޔާޟް ގޮވާލައްވައިފި!

ރާއްޖޭގަ އިސްލާމީ ވަޙްދަތާ ދީނީ އެއްބައިވަންތަކަން ފުނޑާލަން އެޑިޔުކޭޝަން މިނިސްޓްރީން ކުރާ މަސައްކަތާއި ދެކޮޅަށް ހުރިހާ ރައްޔިތުން ތެދުވަން ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ގޮވާލައްވައިފިއެވެ. 
ޑޮކްޓަރު އިޔާޟް މިކަމަށް ގޮވާލެއްވީ ކްލަބް ހައުސްގައި މިރޭ ކުރިއަސް ގެންދެވި ފޯރަމެއްގައި މީހަކު ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.  
"އެފަދަ ޢަމަލުތައް ކުރާ މީހުންނާއިމެދުގަ އަޅުގަނޑުމެން ސަމާލުވާންޖެހޭނެ. އުންމަތުގެ، މިލޮބުވެތިވަޠަނުގެ އެންމެން ތެދުވެ އެމީހުންނާދެކޮޅަށް އިޙްތިޖާޖްކޮށް އެމީހުންގެ ކިބައިން މި ވަޠަން ސަލާމަތްކޮށް މިވަޠަނަކީ ތާއަބަދު ސައްތައިން ސައްތަ މުސްލިމް ޤައުމެއްގެ ގޮތުގަ އިސްލާމް ދީނަށް ލޯބިކުރާ ބައެއްގެ ގޮތުގަ ދެމެހެއްޓުމަކީ ކުރަންޖެހޭނެ ކަމެއް." 
ޑރ. އިޔާޟްގެ ވާހަކަފުޅުން: 
(މިޔުޒިކް ޙަރާމް ކަމަށް 4 މަޛްހަބުގެ އިމާމުންނާއި ދީނުގެ އެންމެ ބޮޑެތި ޢިލްމްވެރިންގެ ބަސްފުޅުތަކަށް ކީރިތި ޤުރްއާނާއި ޙަދީޘްފުޅުތަކުން ދަލީލު ދެއްކެވުމަށްފަހު-) 
މިފަދަ ގޮތަކަށް މިކަން އޮއްވާ އަޅުގަނޑުމެންނަށް ސްކޫލްތަކުގަ ވިޔަސް އެހެންތަނެއްގައިވިޔަސް ލަވައާ މިޔުޒިކް ނުކުޅެގެން ނުވަތަ އެކަން ކުދިންނަށް ދަސްކޮށް ނުދީގެން ޓީޗަރުން ސަސްޕެންޑްކުރުމާ ކުދިންނަށް އަދަބު ދިނުމާ ނުވަތަ އެކަމަށް އިންކާރުކުރާ މީހުން ނުވަތަ ލަވަކިޔުމަށް ނުވަތަ މިޔުޒިކް ކުޅުމަށް އިންކާރުކުރާ މީހުން އެމީހުންނަކީ ހަރުކަށިފިކުރުގެ މީހުންގެ ގޮތުގައި ލޭބަލްކޮށް ހަދާހެދުމަކީ ހަމަ އަނިޔާވެރި ޢަމަލެއް. 
އެފަދަ ޢަމަލުތައް ކުރާ މީހުންނާއިމެދުގަ އަޅުގަނޑުމެން ސަމާލުވާންޖެހޭނެ. އުންމަތުގެ، މިލޮބުވެތިވަޠަނުގެ އެންމެން ތެދުވެ އެމީހުންނާދެކޮޅަށް އިޙްތިޖާޖްކޮށް އެމީހުންގެ ކިބައިން މި ވަޠަން ސަލާމަތްކޮށް މިވަޠަނަކީ ތާއަބަދު ސައްތައިން ސައްތަ މުސްލިމް ޤައުމެއްގެ ގޮތުގަ އިސްލާމް ދީނަށް ލޯބިކުރާ ބައެއްގެ ގޮތުގަ ދެމެހެއްޓުމަކީ ކުރަންޖެހޭނެ ކަމެއް. 
ކޮންމެއަކަސް އެބޭފުޅުން ވަރަށް އަޑުހަރުކޮށް ވިދާޅުވާ އެއްބަސްފުޅެއް އެއީ މިޔުޒިކް ހުއްދަކުރައްވާ ބޭފުޅުންވެސް އެބަތިއްބެވިއޭ އެހެންވީމާ އެބޭފުޅުންގެ ރައްޔަށް އިޙްތިރާމްކުރުމަކީ އެއީ ކުރަންޖެހޭނެ ކަމެކޭ
އެހެން އެބޭފުޅުން ވިދާޅުވާއިރުގަ އިހަށްދުވަހު އުކުޅަހުގަ އެ ސަސްޕެންޑް ކުރެވުނު 3 ޓީޗަރުން، އެޓީޗަރުން ޤަބޫލުކުރައްވާ ގޮތުގަ މިޔުޒިކް ޙަރާމްކުރައްވާ ބޭފުޅުން ވަރަށްވެސް ގިނަ، އެބޭފުޅުންގެ ދަލީލުތައްވެސް ވަރަށް ވަރުގަދަ، އެހެންވީމާ އެބޭފުޅުންގެ ދަލީލުތަކަށް ބުރަވެވަޑައިގެން އެޓީޗަރުން ޤަބޫލުފުޅުކުރައްވަނީ ތިމަންމެންނަކަށް މިޔުޒިކެއް ނުކުޅެވޭނެއޭ، 
ކިތަންމެ ތުއްތު އިރުގައި ނާޗަރަންގީއަކަށް އާދަކުރުވޭނެ ކަމެއް ނޫނޭ، ސަބަބަކީ އެފަދަ މުންކަރާތަކަށް ކުދިން އާދަކުރުވައިފިކަމަށްވަނީނަމަ އެކުދިން ބޮޑެތިވެގެން އެކަންކުރާ ކޮންމެފަހަރަކު އެކުދިންނަށް އެކަން ދަސްކޮށްދިން މީހުންގެ ގޮތުގަ އެކަމުގެ ޒިންމާ އެކަން ދަސްކޮށްދިން މީހުންނަށް އަންނާނެތީވެ. 
ވީމާ ޓީޗަރުން ސަސްޕެންޑްކޮށްފައި އެވަނީ އަނެކާގެ ޚިޔާލަށް އިޙްތިރާމްކުރަންޖެހޭނެ ކަމަށް ވިދާޅުވާ ވާހަކައާއި މުޅިން ޚިލާފަށް! އެހެންވީމާ އެޑިޔުކޭޝަން މިނިސްޓްރީގެ ވެރިންނަށް ގޮވާލަން އެޓީޗަރުންނަށް އަޅާފައިވާ ފިޔަވަޅު އުވާލައި ވަޤުތުން ވަޤުތަށް އެޓީޗަރުންނަށް ވަޒީފާއަށް ނުކުތުމުގެ ފުރުޞަތު ހުޅުވާލަން. 
އެހެން ނޫންކަމަށްވަނީނަމަ އެޑިޔުކޭޝަން މިނިސްޓްރީގެ ފަރާތުން ދީނީ ވަޙުދަތު، ރައްޔިތުންގެ މެދުގައި އޮތް ދީނީ އެއްބައިވަންތަކަން ފުނޑާލަން ކުރާ މަސައްކަތެއްގެ އެކަން އަޅުގަނޑަށް ސިފަވެގެން އަންނަނީ. 
މޮޅަށް ދެނެވޮޑިގެންވަނީ ﷲ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ