ކަރަންޓުގެ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް މަހިބަދޫ އަށް އާ ޖަނެރޭޓަރެއް

އދ. މަހިބަދޫގައި ރައްޔިތުންނަށް ދެމުންދާ ކަރަންޓުގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް އައު ޖެނެރޭޓަރެއް އެރަށަށް ގެންގޮސްފިއެވެ.
ސްޓެލްކޯއިން ވިދާޅުވީ މަހިބަދޫގައި ރައްޔިތުންނަށް ބޭނުންވާ ކަރަންޓުގެ ޚިދުމަތުގެ ފެންވަރު މަތިކޮށް، އިތުރަށް ފުރިހަމަކުރުމަށްޓަކައި މަހިބަދޫއަށް 600kW ގެ ޖަނަރޭޓަރެއް ގެންގޮސްފައިވާ ކަމަށެވެ.
އަދި މިހާރު ކުރިޔަށް ދަނީ ޖަނަރޭޓަރު އިންސްޓޯލްކުރުމުގެ މަސައްކަތް ކަމަށް ސްޓެލްކޯއިން ވިދާޅުވިއެެވެ.
މަހިބަދޫގައި ގާތްގަޑަކަށް 2500އެއްހައި މީހުން ދިރިއުޅެއެވެ. ކަރަންޓު ކައްސަލައިގެ އިތުރުން އެ ރަށުގެ ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކުރައްވާފައި ވަނީ ރަށުގެ ބިން ފުރިފައިވުމުގެ ސަބަބުން ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމުގެ މައްޗަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ