ލިސްޓުގައި ނަން ނެތް މީހަކު ވޯޓުލައިގެން މާފަންނު ދެކުނު ދާއިރާގެ ވޯޓުލުން މެދުކެނޑިފައި އޮތުމަށްފަހު މައްސަލަ ހައްލުކޮށް އަލުން ވޯޓުލާން ފަށައިފިއެވެ.
ހިރިޔާ ސުކޫލުގައި ހުރި މާފަންނު ދެކުނު ދާއިރާގެ ވޯޓު ފޮށި ބަންދުކުރީ އެ ދާއިރާއަށް ވޯޓުލެވޭ މީހުންގެ ލިސްޓުގައި ނަން ނެތް މީހަކު ވޯޓުލީ މައްސަލަ ފެންމަތިވެ 13:50 ހާއިރެވެ.
14:09 ހާއިރު މައްސަލަ ހައްލުކޮށް މި ފޮއްޓަށް މިހާރުވޯޓުލެވޭ ގޮތަށް ހަމަޖެހިފައިވާއިރު މި ވޯޓު ފޮށި ކައިރީގައި ހަރަކާތްތެރިވާ އޮފިޝަލުންގެ ތެރޭގައި ރައީސް ނަޝީދުގެ ފަރާތުން ކަނޑައަޅާފައިވާ އޮފިޝަލެއްވެސް ވަނީ ބަހައްޓާފައެވެ.
ހިރިޔާ ސުކޫލުގައި ހުރި ވޯޓު ފޮށި ބަންދުކުރުމުގެ ގާތްގަނޑަކަށް ގަޑިއެއްހާއިރު ކުރިން ގއ ވިލިގިލީ ދާއިރާގެ ވޯޓު ފޮށްޓައް ނަން ނެތް މީހަކު ވޯޓު ލީ މައްސަލައެއް ފެންމަތިވެ، ވޯޓުލުން ހުއްޓުވާފައިވެއެވެ.
އެހެންނަމަވެސް އެކަން ހައްލުކުރުމަށްފަހު ވޯޓުލުން މިހާރު ވަނީ އަލުން ފަށާފައެވެ.
މީގެ އިތުރުން ގދ. ގައްދޫ ވޯޓުލާ މަރުކަޒަށް ބަޔަކު ގެއްލުން ދީ ވޯޓު ކަރުދާސްތައް އުކާލާ، ވޯޓު ކަރުދާސްތަކަށް ފެންޖަހާ ހަމަނުޖެހުން ހިންގުމުގެ ސަބަބުން އެ މަރުކަޒުގައިވެސް ވޯޓުލުން ހުއްޓާލަން ޖެހުނެވެ. އެމައްސަލަ ހައްލުކޮށް އެ މަރުކަޒުގައިވެސް ވަނީ އަލުން ވޯޓުލުން ފެށިފައެވެ.
ބައެއް އިތުރު މަރުކަޒުތަކުގައިވެސް ދެބަސްވުންތައް އުފެދި، ކޮންމެވެސްވަރެއްގެ ހަމަނުޖެހުންތައް ހިނގާފައިވެއެވެ. އަދި ބައެއް ވޯޓު ފޮށިތަކަށް ވޯޓުލުން ފެށިފައިވަނީ ލަހުންކަން ފާހަގަކުރެވެ އެވެ.
މައްސަަލަ ޖެހުނު މާފަންނު ދެކުނު ދާއިރާގެ ވޯޓުލުން އަލުން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ