ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެމްޑީޕީގެ މާލޭ ދާއިރާގެ މެންބަރުންނާއި އެކު މިރޭ ބައްދަލުވުމެއް ބާއްވަން ހަމަޖައްސައިފިއެވެ.
އެމްޑީޕީގެ އެންމެ އިސް ލީޑަރު ރައީސް ސޯލިހު މާލޭ މެންބަރުންނާ ބައްދަލުކުރައްވަނީ ކުރިޔަށް އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނުގެ ތެރެއިންނެވެ. މި ބައްދަލުވުން އޮންނާނީ މިރޭ 8:30 ގައި ދަރުބާރުގޭ ފާށާނާ މާލަމުގައެވެ. މި ބައްދަލުވުމުގައި އެމަނިކުފާނުގެ ކެމްޕޭން ޓީމުތަކާއި މާލެ ދާއިރާގެ މެންބަރުންނާއި ރައީސް ބައްދަލު ކުރައްވާނެއެވެ.
އެމްޑީޕީގެ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 28 ގައެވެ. ޕްރައިމަރީގައި ރައީސް ސޯލިހަށް ތާއީދު ހޯއްދެވުމުގެ ގޮތުން ކެމްޕޭން ޓީމުތަކުން މާލެއާއި އަތޮޅުތަކުގައި ހަރަކާތްތެރިވަމުން އަންނަ އިރު ރައީސް ސޯލިހު ވަނީ މިދިޔަ ހަފްތާ އާއި މި ހަފްތާގައި ކެމްޕޭން ކުރެއްވުމަށް ރ، ނ، ޅ، އަދި ބ އަތޮޅަށް ވަޑައިގަންނަވާފައެވެ.
ރައީސް ސޯލިހު އާއި އެކު މި ޕްރައިމަރީގައި ވާދަކުރައްވަނީ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދެވެ.
ރައީސް ސޯލިހު މިރޭ މާލޭ ދާއިރާގެ މެންބަރުންނާއި ބައްދަލު ކުރައްވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ