ކަށަވަރު ޕްރޮމޯ 2022: ދެ ލައްކަ ރުފިޔާގެ އިންޖީނުގެ ނަސީބުވެރިޔަކީ އުކުޅަހު މީހެއް

އެމްޓީސީސީން ކޮންމެ އަހަރަކު ބާއްވާ ކަށަވަރު ޕްރޮމޯގެ މިދިޔަ އަހަރުގެ ނަސީބުވެރިޔާ ހޮވައިފި އެވެ.
މިދިޔަ ނޮވެމްބަރު މަހުގެ އެކަކުން ޑިސެމްބަރު 31 އަށް ކުރިއަށް ގެންދިޔަ ކަށަވަރު ޕްރޮމޯގެ ނަސީބުވެރިއަކަށް ހޮވުނީ އއ. އުކުޅަސް/ ޖަވާހިރުމާގޭ, ހުސެއިން ނަސީރެވެ.
އޭނާއަށް އިނާމު ހަވާލުކޮށްދެއްވީ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމެވެ.
އަހަރަކު އެއްފަހަރު ބާއްވަމުން އަންނަ ކަށަވަރު ޕްރޮމޯގެ މަގުސަދަކީ އޮޑިވެރިކަމާއި މަސްވެރިކަމާއި ޓޫރިޒަމް އަދި ޓްރާންސްޕޯޓް ސިނާއަތުގައި ހަރަކާތްތެރިވާ އެމްޓީސީސީގެ ކަސްޓަމަރުންނަށް ޑިސްކައުންޓާއެކު އެ ކުންފުނީގެ ކަށަވަރު ފިހާރައިން ވިއްކާ މުދާ ލިބޭނެ މަގު ފަހިކޮސްދިނުމެވެ.
މި ޕްރޮމޯގެ ދަށުން ޔަންމާ އަދި ސުޒުކީ އިންޖީނާއި އިންޖީނުގެ ސްޕެއާ ޕާޓްސް, ކާސްޓްރޯލް އަޑީތެޔޮ, ޕީޕީޖީ ކޯޓިންގްސް, ސްކޮޓް ބެޑާ ފައިބަރު ސާމާނު, މަރޮލް ސްޓީރިން ސިސްޓަމް އަދި އިންޑަސްޓްރިއަލް ގޭސް ފަދަ ޕްރޮޑަކްޓުތަކުން ޑިސްކައުންޓް ލިބޭނެ އެވެ.
އެމްޓީސީސީން ބުނީ, އެ ކުންފުނީގެ އަމާޒަކީ އަބަދުވެސް ކަސްޓަމަރުންނަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުން ކަމަށެވެ.
އެގޮތުން ކޮންމެ އަހަރަކު އެކިއެކި ޕްރޮޑަކްޓްތަކުން ޕްރޮމޯޝަންތައް ބޭއްވުމާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އެމްޓީސީސީގެ ކަސްޓަމަރުންނަށް މައުލޫމާތު ފޯރުކޮށްދިނުމާއި އިންޖީނުތައް ރަނގަޅަށް ބެލެހެއްޓުމާއި ޓެކްނިކަލް ކަންކަމަށް އަހުލުވެރިކުރުމުގެ ހަރަކާތްތައް ހިންގުމަކީ އެ ކުންފުނިން އަބަދުވެސް އިސްކަންދީގެން ހިންގަމުން އަންނަ ހަރަކާތްތަކެއް ކަމަށް ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ