ދިވެހި ގައުމީ ޓީމުތަކުގެ ކުޅުންތެރިން ރާއްޖޭން ބޭރުގައި ބާއްވާ މުބާރާތްތަކާއި ތަމްރީނުތަަކަށްދާއިރު އަހަރު ނުވާ ދަރިފުޅާއި ބެލެނިވެރިއެއް ގެންދެވޭ ގޮތް ސަރުކާރުން ހަމަޖައްސައިފި އެވެ.
ސަރުކާރުގެ ފަރާތުން ޔޫތް އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފު އެކަން އިއުލާން ކުރެއްވީ ސައުދީ އަރަބިއްޔާއަށް ތަމްރީން ކޭމްޕަކަށް މިއަދު ފުރި ގައުމީ އަންހެން ވޮލީ ޓީމުގެ ކުޅުންތެރިންގެ ފޮޓޯތަކާއެކު ކުރި ޓުވީޓެއްގަ އެވެ.
މިއަދަކީ އުފާވެރި ދުވަހެއްކަން ފާހަގަކޮށް މަހުލޫފު ވިދާޅުވީ، މީގެ ފަހުން ގައުމީ ޓީމުގެ ކުޅުންތެރިން ވިހެއުމަށްފަހު ކުޅުން ހުއްޓާލައި ދުރަށް ދާން ވިސްނާކަށް ނުޖެހޭނެ ކަމަށެވެ. އެގޮތުން އަހަރު ނުވާ ދަރިފުޅު އަދި ބެލެނިވެރިއެއް ރާއްޖޭން ބޭރުގެ ތަމްރީން އަދި މުބާރާތްތަކަށް ފޮނުވޭނެ ކަމަށް ވިދާޅުވި އެވެ.
މިއަދު ފުރި އަންހެން ވޮލީ ޓީމާއެކު އަހަރު ނުވާ ހަތަރު ކުދީން ފޮނުވި އެވެ.
ގައުމީ އަންހެން އަދި ފިރިހެން ޓީމުގެ ކުޅުންތެރިން ސައުދީގައި މި ފުރިހަމަކުރާ ޓްރެއިނިން ކޭމްޕަކީ ރާއްޖޭގައި ބާއްވަން ތައްޔާރުވާ ސެންޓްރަލް ޒޯންގެ ޗެލެންޖް ކަޕަށް ތައްޔާރުވުމަށް ކުރާ ދަތުރެކެވެ.
ގައުމީ ކުޅުންތެރިންނަށް ބޮޑު އުފަލެއް، ބޭރުގެ މުބާރާތްތަކަށް މިހާރު އަހަރު ނުވާ ދަރިފުޅު ގެންދެވޭނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ