ބާޒާރުގައި ދޮންކެޔޮ ތިޔާގި، ގަންނާނެ މީހަކުނެތް

މިއަދު ބާޒާރުގައި ދޮންކެޔޮ ވަރަށް ތިޔާގިކަން ފާހަގަކުރެވުނެވެ.
އެހެންނަމަވެސް ވިޔަފާރިވެރިން ބުނިގޮތުގައި ބާޒާރުގައި ދޮންކޭލުގެ ޑިމާންޑް ވަނީ ވަރަށް ކުޑަވެފަައެވެ. ބާޒާރުގައި ދޮންކެޔޮ ގަންނާނެ މީހަކުނުވެ، ދޮންކެޔޮތައް ވަނީ ފުނި ޖެހި، ހަލާކުވާން ފަށާފައެވެ.
ދޮންކޭލުގެ އިތުރަށް ވެސް ކަރާ، ފަޅޯ، ޖުމްހޫރީ މޭވާ ތިޔާގިއެވެ. ނިމިދިޔަ ހަފްތާއާއި އަޅާބަލާއިރު ތަކެތީގެ އަގިތަކަށް މާބޮޑު ބަދަލެއް އައިސްފައެއް ނުވެއެވެ.
ބާޒާރުގެ އަގުތައް:
މިރުސް ކިލޯއެއް - 150 ރުފިޔާ
ލުނބޯ ކިލޯއެއް - 35 ރުފިޔާ
ކާށި - 5 ރުފިޔާ 8 ރުފިޔާ 10 ރުފިޔާ
ހިނކަދި ފަތް ބޮޑިއެއް - 10 ރުފިޔާ
ކޮޕީ ފަތް ބޮނޑިއެއް - 10 ރުފިޔާ
ބަށި ކިލޯއެއް - 70 ރުފިޔާ
ކިއުކަންބާ ކިލޯއެއް -65 ރުފިޔާ އާއި 70 ރުފިޔާ ދޭތެރޭގައި
ކެރެޓް ކިލޯއެއް - 30 ރުފިޔާ
ކެބެޖް ކިލޯއެއް - 40 ރުފިޔާ
ކޯލީފްލާވަރ ކިލޯއެއް - 65 ރުފިޔާ
ބަރަބޯ ކިލޯއެއް - 25 ރުފިޔާ
ކެޕްސިކަމް ކިލޯއެއް - 70 ރުފިޔާ
ލީކްސް ކިލޯއެއް - 90 ރުފިޔާ
ޓޮމާޓޯ ކިލޯއެއް - 40 ރުރިޔާ އާއި 65 ރުފިޔާ އާއި ދޭތެރޭގައި
އާފަލު - 5 ރުފިޔާ
އޮރެންޖު - 4 ރުފިޔާ
ގްރޭޕްސް ކިލޯއެއް - 150 ރުފިޔާ
ރަމްބުސްތާން ކިލޯއެއް - 120 ރުފިޔާ
ފޭރު ކިލޯއެއް - 80 ރުފިޔާ
ކުރުނބާ - 25 ރުފިޔާ
ބާޒާރުމަތިން - ފޮޓޯ: އަސްލު ޓީވީ
ހަފްތާ ބަންދު ދުވަހަކާ އަޅާބައިރު މިއަދު މާރުކޭޓުގައި ތަކެތި ތިޔާވި ވިޔަސް ހަލަބޮލި ކަމަކަށް ފާހަގައެއް ނުކުރެވުނެވެ.
ބައެއް ވިޔަފާރިވެރިން ބުނިގޮތުގައި ބައެއް ބާވަތްތައް ލިބުމުގައި ދަތިތަކެއް އެބަހުއްޓެވެ. އޭގެތެރޭގައި ބީންސް، ލީކްސް، ބަށި އަދި ކިއުކަމްބާ ހިމެނެއެވެ. ވިޔަފާރިވެރިން ވަނީ ބާޒާރުގައި ތަކެތީގެ ވިޔަފާރިއަށް އޮތް ޑިމާންޑު ދަށްވުމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ