މާރުކޭޓު ސަރަޙައްދުގައި ޤަވާއިދާ ޚިލާފަށް ވިޔަފާރިކުރަމުންދިޔަ 39 ބިދޭސީން އަތުލައިގެންފި

މާލޭ މަސް މާރުކޭޓު ސަރަޙައްދުގައި ޤަވާއިދާ ޚިލާފަށް ވިޔަފާރިކުރަމުންދިޔަ 39 ބިދޭސީން އިމިގްރޭޝަނާއި ފުލުހުންގެ ޚާއްސަ އޮޕަރޭޝަނަކުން އަތުލައިގެންފިއެވެ.އިމިގްރޭޝަނުން ބުނެފައިވަނީ މި އޮޕަރޭޝަން ކުރިއަށް ގެންދިޔައީ މަސް މާރުކޭޓު ސަރަޙައްދުގައި ބިދޭސީން ވިޔަފާރިކޮށް ކޮންޓްރޯލް ކުރަމުންދިޔަ މަސް ބޯޓުތަކާ ގުޅިގެން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރުމާ ގުޅިގެން ކަމަށެވެ."މި އޮޕަރޭޝަނަކީ ރައްޔިތުންގެ ކަންބޮޑުވުންތަކަށް އަޑުއަހައި، އަޅުގަނޑުމެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއް. މިފަދަ ޤާނޫނާ ޚިލާފު ޢަމަލުތައް ހުއްޓުވުމަށް އަޅުގަނޑުމެން މަސައްކަތް ކުރަމުން ގެންދާނަން،" އިމިގްރޭޝަންގެ ޑިރެކްޓަރ ޖެނެރަލް މުޙައްމަދު އަޙްމަދު ވިދާޅުވިއެވެ.
މަސް މާރުކޭޓު ސަރަހައްދުގައި ބިދޭސީން ވިޔަފާރިކޮށް ކޮންޓްރޯލް ކުރަމުންދިއަ މަސް ބޯޓުތަކާއި ގުޅިގެން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށްފައިވާތީ ޓާސްކު ފޯހުން ވަނީ މިއަދު މި ސަރަހައްދުގައި އަޅާފައިވާ މަސް ބޯޓުތައް ބަލައި ފާސްކޮށް 39 މީހަކު އިމިގްރޭޝަންގެ ބަންދަށް ގެނެވިފަ.… pic.twitter.com/mFC0UTCCFI
— Mohamed Shamaan Waheed (@ShamaanW) November 18, 2024
ސަރުކާރުން ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް "އިމިގްރޭޝަން ވޮޗް" ޕވޮޗް" ޕްލެޓްފޯމް ޤާއިމުކޮށް، އެތައް އޮޕަރޭޝަނަކާއި ރެއިޑްތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ. މިގޮތުން މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި 5000 އަށްވުރެ ގިނަ ބިދޭސީން އަނބުރާ ފޮނުވާލެވިފައިވާކަމަށް އިމިގްރޭޝަނުން ހާމަކޮށްފައިވެއެވެ.މި އޮޕަރޭޝަނުގައި ހައްޔަރުކުރެވުނު 39 ބިދޭސީންނާމެދު ޤާނޫނީ ފިޔަވަޅު އެޅުމަށްފަހު އަވަހަށް އެމީހުންގެ ޤައުމުތަކަށް ފޮނުވާލެވޭނެ ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ. އަދި މިފަދަ ޤާނޫނާ ޚިލާފު ޢަމަލުތަކުގައި ބައިވެރިވާ ދިވެހިންނާ މެދުވެސް ފިޔަވަޅު އެޅޭނެ ކަމަށް އިމިގްރޭޝަނުން އިންޒާރު ދީފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ