ގިނައިން މިފެންނަނީ އަބަދުވެސް ބޮޑު އަގެއްގައި ބޮޑެތި ހޭދަތަކެއް ކޮށްގެން މަސައްކަތްކުރުވޭތަނެވެ. ނަމަވެސް ސްޓެލްކޯގެ މުވައްޒިފުން ދެއްކީ މުޅިން ތަފާތު ގޮތެކެވެ. ވެހެމުންދިއަ ވާރެއަށްވެސް ބެލުމެއް ނެތި މުވައްޒިފުން މަސައްކަތްކުރުމުން މުވައްޒިފުންގެ ހިތުގައި އުފެދިފައިވާ ޖޯޝް އެނގިގެންދެއެވެ.
ސްޓެލްކޯގެ ސަބް ސްޓޭޝަންތަކާއި މަގުމަތީގައި ހުރި ޑިސްޓްރިބިއުޝަން ފޮށިތަކުގައި ތަތްކޮށްފައިވާ އިޝްތިހާރު ފަދަ ތަކެތި ނައްޓައި، ސަބް ސްޓޭޝަންތަކާއި ޑިސްޓްރިބިއުޝަން ފޮށިތައް ސާފުކުރުމަށް ސްޓެލްކޯގެ މުވައްޒަފުން ހިންގާ 'ޗާލު ވެށި – މަގޭ ޒިންމާ' ޙަރަކާތް އިއްޔެ ފަށާފައިވަނީ ކުންފުނީގެ މުވައްޒިފުންގެ އަމއްލަ އިސްނެގުމަށެވެ.
މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ ވިދާޅުވީ ސްތެލްކޯއިން މިއަދު މި ފަށަނީ ކުޑަކުޑަ ޕްރޮގްރާމެއް ނަމަވެސް މީގެ ނަތީޖާ ވަރަށް ފުރިހަމަ ވެގެންދާނެ ކަމަށެވެ. "އަޅުގަނޑުމެން ދެކެން ބޭނުން މާލެއަކީ ޒީނަތްތެރި ރީތި ޗާލު މާލެއަކަށް ވާން. ދުނިޔޭގެ އެހެން ކެޕިޓަލް ސިޓީތަކަށް ޗާލު ރީތި ސިޓީތަކޭ މީހުން ބުނާގޮތަށް މި ސިޓީއަށް ވިޒިޓްކުރާ މީހުންވެސް މާލެއަކީ ޒީނަތްތެރި ތަނެކޭ ބުނަން ސްޓެލްކޯއިން އަބަދުވެސް ބޭނުން."
ފަހުމީ ވިދާޅުވީ ސްތެލްކޯގެ މަސައްކަތު މާހައުލާއި އަދި އަޅުގަނޑުމެންގެ ގޯތި ގެދޮރާއި އަޅުގަނޑުމެންގެ ޚިދުމަތްދޭ ޓްރާންސްފޯމަރތަކާއި ކޮށިތަކުގަ ޒީނަތްތެރިކޮށް ރީތިކޮށް ހުންނަން ބޭނުންފުޅުވާ ކަމަށެވެ. "އެކަމަށްޓަކާ މިއަދު ފެށޭ ޕްރޮގްރާމެއް މި ޕްރޮގްރާމަކީ. އިރާދުކުރެއްވިއްޔާ މީ މިއަދު ފަށާފަ އަޅުގަނޑުމެން ހުއްޓާލާނެ ޕްރޮގްރާމެއް ނޫން. މިކަންތައް އަޅުގަނޑުމެން ކުރިއަށް ގެންދާނަން. މިއަދު މިކަންތައް ކުރިއަށް ގެންދިޔުމުގެ އެންމެ ބޮޑު އެހީތެރިކަމެއް އަޅުގަނޑުމެންނަށް ދެއްވީ އަޅުގަނޑުމެންގެ މުވައްޒިފުން. އަޅުގަނޑުމެންގެ މުވައްޒިފުން ކުރާކަމެއްމީ."
ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން ފަހުމީގެ ވާހަކަފުޅުން:
މާލެސިޓީގެ މޭޔަރ އަލްފާޟިލް އާދަމް އާޒިމް. ކުންފުނީގެ އިސް ވެރިން. އަޅުގަނޑުގެ ލޮބުވެތި ކުންފުނީގެ ދިވެހި މުވައްޒިފުން. އައްސަލާމް ޢަލައިކުމް ވަރަޙްމަތުﷲ ވަބަރަކާތު.
އަޅުގަނޑު އެންމެ ފުރަތަމަވެސް ޝުކުރު އަދާކޮށްލަން ބޭނުންވަނީ އަޅުގަނޑުމެންގެ ލޮބުވެތި މިނިސްޓަރ، އަޅުގަނޑުމެން ވަރަށް ކުއްލިގޮތަކަށް ދަންނަވާލި ދަންނަވާލުމަކަށް އިޖާބަ ދެއްވާ ވަޑައިގެންދެއްވީތީވެ. އަދި އަޅުގަނޑު ފާހަގަކޮށްލަން ބޭނުން އަޅުގަނޑުމެން ސްޓެލްކޯ ހިންގުމުގަ ބޭނުންވާ ހުރިހާ ކަމެއްގަ އަބަދުވެސް ވަރަށް ގާތުން ބައްލަވާ އަޅުގަނޑުމެންނަށް އެހީތެރިކަން ފޯރުކޮށްދެއްވާ ލޮބުވެތި މިނިސްޓަރ ޠާރިޤް އިބްރާޙީމްއަށް ވަރަށް ބޮޑަށް، މަރުޙަބާއާއި ޝުކުރު ދަންނަވަން. އަދި ހަމައެއާއެކު މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް އަޅުގަނޑުމެން ދަންނަވާލާ ދަންނަވާލުމަށް އިޖާބަ ދެއްވާލެއް އަވަސްކަމާއި ފުރިހަމަ ކަމަށްޓަކާ އެމަނިކުފާނަށްވެސް ހަމަ ޝުކުރު ދަންނަވާލަން.
އާދެ، އަޅުގަނޑުމެން މިއަދު މި ފަށަނީ ކުޑަކުޑަ ޕްރޮގްރާމެއް. އެހެންނަމަވެސް، އަޅުގަނޑު ދަންނަވާނީ މީގެ ނަތީޖާ ވަރަށް ފުރިހަމަ ވެގެންދާނެއެވެ. އަޅުގަނޑުމެން ދެކެން ބޭނުން މާލެއަކީ ޒީނަތްތެރި ރީތި ޗާލު މާލެއަކަށް ވާން. ދުނިޔޭގެ އެހެން ކެޕިޓަލް ސިޓީތަކަށް ޗާލު ރީތި ސިޓީތަކޭ މީހުން ބުނާގޮތަށް މި ސިޓީއަށް ވިޒިޓްކުރާ މީހުންވެސް މާލެއަކީ ޒީނަތްތެރި ތަނެކޭ ބުނަން ސްޓެލްކޯއިން އަބަދުވެސް ބޭނުން.
އެކަމަށްޓަކާ އަޅުގަނޑުމެން ބޭނުންވޭ އަޅުގަނޑުމެންގެ މަސައްކަތު މާހައުލާއި އަދި އަޅުގަނޑުމެންގެ ގޯތި ގެދޮރާއި އަޅުގަނޑުމެންގެ ޚިދުމަތްދޭ ޓްރާންސްފޯމަރތަކާއި ކޮށިތަކުގަ ޒީނަތްތެރިކޮށް ރީތިކޮށް ހުންނަން. އެކަމަށްޓަކާ މިއަދު ފެށޭ ޕްރޮގްރާމެއް މި ޕްރޮގްރާމަކީ. އިރާދުކުރެއްވިއްޔާ މީ މިއަދު ފަށާފަ އަޅުގަނޑުމެން ހުއްޓާލާނެ ޕްރޮގްރާމެއް ނޫން. މިކަންތައް އަޅުގަނޑުމެން ކުރިއަށް ގެންދާނަން. މިއަދު މިކަންތައް ކުރިއަށް ގެންދިޔުމުގެ އެންމެ ބޮޑު އެހީތެރިކަމެއް އަޅުގަނޑުމެންނަށް ދެއްވީ އަޅުގަނޑުމެންގެ މުވައްޒިފުން. އަޅުގަނޑުމެންގެ މުވައްޒިފުން ކުރާކަމެއްމީ.
އާދެ އަޅުގަނޑު މާ ދިގު ވާހަކަ ދައްކާކަށް މިހާ ހެނދުނަކު ނެތިން. ނިންމާލުމުގެ ކުރިންވެސް އަޅުގަނޑު ހަމަ އަޅުގަނޑުމެންގެ ލޮބުވެތި މިނިސްޓަރ ޠާރިޤާއި އަދި އަޅުގަނޑުމެންގެ ލޮބުވެތި މާލެ ސިޓީގެ މޭޔަރަށް ޝުކުރު ދަންނަވާލަން.
ވައްސަލާމް ޢަލައިކުމް ވަރަޙްމަތުﷲ ވަބަރަކާތު
ދުނިޔޭގެ އެންމެ ސާފުތާހިރު ރީތި ސިޓީތަކުގެ ތެރޭގަ މާލެ ހިމަނަން ސްޓެލްކޯގެ މުވައްޒިފުން އިސްނަގައިގެން ފެށި މަސައްކަތަށް ބޮޑު ތަރުޙީބެއް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ