އާއިލާ ދިރިއުޅޭ ތަނެއްގައި ދާއިމީކޮށް ސިފައިނަށް ވަޒީފާ އަދާކުރެވޭ ގޮތް ހަދަނީ

އާއިލާ ދިރިއުޅޭ ތަނެއްގައި ދާއިމީކޮށް ސިފައިންނަށް ވަޒީފާ އަދާކުރެވޭ ގޮތް ހަދައިދޭން މަސައްކަތްކުރަމުން އަންނަ ކަމަށް ރައީސް މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
ވީ ކިިހިނެއް؟ - ރައީސް މިހެން ވިދާޅުވީ، ދިވެހި ސިފައިންގެ 134 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި، ކަޅުތުއްކަލާކޮށީގައި ރޭ ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. 
ބުނީ ކީކޭ؟ - ރައީސް ވިދާޅުވީ، އާއިލާތަކާ ކައިރިން ގައުމަށް ހިދުމަތް ކުރުމުގެ ފުރުސަތު ސިފައިންނަށް ފަހިވުމަކީ، އެ މީހެއްގެ ނަފްސާއި ކުރާ މަސައްކަތަށް ވެސް ބޮޑެތި ފަސޭހަތަކަކާއި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމެއް ކަމަށެވެ.
އެ އިންތިޒާމު ހަމަޖެއްސުމަށް ސިފައިންގެ ފައުޖު ބޮޑުކުރަންޖެހޭތީ، ސިފައިންގެ ހިދުމަތަށް ބޭނުންވާ ޒުވާނުން އިތުރަށް ނަގަން ބަޖެޓު ވެސް ވާނީ ހަމަޖައްސާފައި ކަމަށް ރައީސް ވިދާޅުވި އެވެ.
"ކޮންމެ ސިފައިންގެ މީހަކު ދިރިއުޅޭ ސަރަހައްދަކީ ކޮބައިތޯ ބަލައި, އެ ސަރަހައްދެއް ހިމެނޭ އޭރިއާ ކޮމާންޑެއްގައި ޑިއުޓީ އަދާކުރެވޭނެ ފުރުސަތު ގާއިމުކޮށްދޭން އަޅުގަނޑު ގަސްތު ކުރަން،" އެ މަނިކުފާނު ވިދާަޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ