ދިރާގުން މި އަހަރުގެ ބޮޑު އީދަށް ހާއްސަކޮށް 'ބޮޑު އީދަށް، ރިސޯޓަށް' ޕްރޮމޯޝަން އިއްޔެ ތައާރަފްކޮށްފި އެވެ.
ވީ ކިހިނެއް؟ - މި ޕްރޮމޯޝަންގެ ދަށުން ރިސޯޓު ދަތުރެއް ކާމިޔާބު ކުރުމުގެ ފުރުސަތު ދިރާގު ކަސްޓަމަރުންނަށް ލިބިގެންދާނެ އެވެ.
ބޮޑު އީދާ ގުޅުވައިގެން ކުރިއަށްގެންދާ މި ޕްރޮމޯޝަނަކީ، ދިރާގުގެ ކަސްޓަމަރުންނަށް ފޯރުކޮށްދޭ ހިދުމަތްތަކުގެ އިތުރުން، ތަފާތު ތަޖުރިބާތައް ހޯދައިދިނުމުގެ މަގުސަދުގައި ތައާރަފްކޮށްފައިވާ ޕްރޮމޯޝަނެކެވެ.
އީދު ބަންދަކީ އާއިލާ އާއި ރަހުމަތްތެރިންނާ އެކު އީދު ފާހަގަކުރުމަށް އެކުގައި އެކި ތަންތަނަށް ދަތުރުކުރާ ދުވަސްވަރަކަށް ވާތީ، މި ޕްރޮމޯޝަންގެ ދަށުން ނަސީބުވެރި ކަސްޓަމަރުންނަށް ހިތްގައިމު ރިސޯޓު ޗުއްޓީއެއް ހޯދުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.
ތަފްސީލް - މި ޕްރޮމޯޝަންގައި:
ބައިވެރިވުމުގެ ފުރުސަތު ދިރާގު ޕްރިޕެއިޑް، ޕޯސްޓްޕެއިޑް އަދި ފައިބަ ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ވަނީ ހުޅުވާލާފައި
100ރ. އިން މަތީގެ އެޑް-އޮން ނުވަތަ ބޫސްޓަރެއް އެކްޓިވޭޓް ކުރާ ކަސްޓަމަރުންނަށް ދިރާގު އެޕްގައިވާ 'ބޮޑު އީދަށް ރިސޯޓަށް'' ބެނާއަށް ފިއްތާލައިގެން މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެ
މި ޕްރޮމޯޝަންގެ ދަށުން ޖުމްލަ 3 ނަސީބުވެރިއަކަށް މި ހާއްސަ އިނާމު ލިބިގެންދާއިރު، ކޮންމެ ހަފްތާއަކު އެއް ނަސީބުވެރިއަކު ހޮވާނެ އެވެ. އެގޮތުން، މި މަހުގެ 23ގެ ނިޔަލަށް ކުރިއަށްގެންދާ މި ޕްރޮމޯޝަނުން ހޮވޭ ކޮންމެ ނަސީބުވެރިއަކަށް 1,000 ޑޮލަރުގެ އަގުހުރި ރިސޯޓު ޗުއްޓީއެއް ލިބޭނެ އެވެ.
ދިރާގު ޕްރޮމޯޝަން: ބޮޑު އީދަށް ރިސޯޓަށް ދިއުމުގެ ފުރުސަތު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ