އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓް ދިނުމަށް ބޭނުންކުރާ ޖަނަރޭޓަރަކަށް ދިމާވި މައްސަލައަކާއި ގުޅިގެން އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުން މިއަދު ކަރަންޓުގެ ހިދުމަތް ކެނޑިއްޖެ އެވެ.
ފެނަކަ ކޯޕަރޭޝަނުން ބުނީ އެކުންފުނިން އައްޑޫ ސީޓީގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓް ފޯރުކޮށްދިނުމަށް ބޭނުންކުރާ ޖަނަރޭޓަރަކަށް ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ވަގުތީ ގޮތުން ކަރަންޓް ކެނޑުނު ކަމަށެވެ. އެހެންނަމަވެސް ކަރަންޓު ކޮންމެހެން ބޭނުންވާ މުހިއްމު ތަންތަނަށް އެވަގުތުވެސް ކަރަންޓު ފޯރުކޮށްދީފައިވާނެ ކަމަށްވެސް ފެނަކައިން މައުލޫމާތު ދީފައިވެ އެވެ.
އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުން ކަރަންޓް ކެނޑުމަކީ އާންމުކޮށް ހިނގަމުންދާ ކަމެއް ކަމަށާއި ކަރަންޓް ކެނޑުމަށްފަހު ދެ ގަޑިއިރު ވަރު ހިދުމަތް ނުލިބިދާ ކަމަށް ބުނެ އައްޑޫގެ ރައްޔިތުން ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެެވެ.
އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ގާތްގަނޑަކަށް ގަޑިއެއްހާއިރު ކަރަންޓު ކެނޑިފައި އޮތުމަށްފަހު ޖަނަރޭޓަރަށް ދިމާވި މައްސަލަ ހައްލުކޮށް މިހާރު ހުރިހާ ރަށަކަށް ކަރަންޓުގެ ހިދުމަތް ލިބޭނެ ކަމަށްވެސް ފެނަކަ ކޯޕަރޭޝަނުން ވަނީ ބުނެފަ އެވެެ.
އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ