ފަނޑިޔާރުން ބަންދުގައި އިތުރަށް ބޭތިއްބޭނީ ސުޕްރީމް ކޯޓުގެ އަމުރަކުން -ހަސަން ލަތީފް

ކުއްލި ހާލަތުގެ ދަށުން ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކޮށް ޖަލުގައި ބަންދުކޮށްފައިވާ އުއްތަމަ ފަނޑިޔާރު އަލްއުސްތާޒު އަބުދުﷲ ސައީދާއި، ފަނޑިޔާރު އަލްއުސްތާޒު އަލީ މުހައްމަދު މިހާރު ބަންދުގައި ބޭތިއްބޭނީ ސުޕްރީމް ކޯޓްގެ އަމުރެއް ހޯދައިގެންކަމަށް ި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު ވިދާޅުވެއްޖެއެވެ.
ސްޕްރީމު ކޯޓުގެ ފަނޑިޔާރުން މިނިވަންކުރުމަށް ގޮވާލާ ފޮޓޯއެއް ހިފައިގެން ހުންނަވާ ހަސަން ލަތީފު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރާއްޖޭގައި އިއުލާން ކުރެވުނު ކުއްލި ހާލަތު ނިމުމަށްފަހު ސުޕްރީމް ކޯޓްގެ ފަނޑިޔާރުން ބަންދުގައި ބޭތިއްބުމަށްޓަކައި، ސުޕްރީމް ކޯޓްގައި މިވަގުތު ބާކީ ތިއްބެވި ފަނޑިޔާރުންގެ އަމުރެއް ހޯދުމަކީ ލާޒިމުކަމެއްކަމަށެވެ.
" ސްޕްރީމު ކޯޓުގެ އަމުރެއްނެތި، އުއްތަމަ ފަނޑިޔާރު އަލްއުސްތާޒު އަބުދުﷲ ސައީދާއި، ފަނޑިޔާރު އަލްއުސްތާޒު އަލީ މުހައްމަދު ބަންދުގައި ބޭތިއްބުން ވާނީ ގާނޫނާ ޚިލާފު ހައްޔަރަކަށްކަމަށް " ހަސަން ވިދާޅުވިއެވެ.
ހަސަން ލަތީފު ވަނީ އެފަދަ އަމުރެއްނެތި އުއްތަމަ ފަނޑިޔާރާއި، ފަނޑިޔާރު އަލީ ހަމީދު ބަންދުކޮށްފައިވާތީ އެ ދެ ބޭފުޅުން ވަގުތުން މިނިވަންކުރަންޖެހޭކަމަށެވެ.
ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ދައުލަތުން ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި، ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ސަރުކާރު ވައްޓާލަން އުޅުމާއި ނިރުބަވެރި ކަމުގެ ދައުވާއާއި ރިޝްވަތު ދިނުމުގެ ދައުވާވެސް އުފުލާފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ