ޕާޓީގެ ގައުމީ ހިންގާ ކޮމެޓީން ނިންމާ ގޮތަކަށް އަމަލު ކުރައްވާނަން- ގާސިމް

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވަކި ކެނޑިޑޭޓަކަށް ތާއީދު ނުކުރުމަށް ކުރިން ނިންމެވި ނަމަވެސް ޕާޓީގެ ގައުމީ ހިންގާ ކޮމެޓީއަށް އެމައްސަލަ އަލުން ހުށަހަޅައި، އެކަމާމެދު އެކޮމެޓީގެ މެންބަރުން ނިންމާ ގޮތަކަށް އަމަލު ކުރައްވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާލުވެއްޖެއެވެ.
 
ޕީ.ޕީ.އެމްގެ ރިޔާސީ ކެނޑިޑޭޓަށް ތާއީދު ހޯއްދެވުމަށް ޕީޕީއެމްގެ ރަޢީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ގާސިމް އިބްރާހިމްގެ ގެއަށް ވަޑައިގެން ކުރެއްވި މަޝްވަރާއަށްފަހު ނޫސްވެރިންނާ ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ގާސިމް އިބްރާހިމް ވިދާޅުވީ، އެގޮތަށް ނިންމެވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު ވަހީދާއި، ރައީސް މައުމޫނުގެ އިތުރުން ރައީސް ނަޝީދުވެސް މަޝްވަރާކުރައްވާފައިވާތީ ކަމަށެވެ.
 
ގާސިމްގެ ނިންމެވުމަށް މަރުހަބާ ވިދާޅުވަމުން ރައީސް މައުމޫނު ވިދާޅުވީ، އެއީ ޑިމޮކްރެސީގެ ރީތި ގޮތް ކަމަށާއި، ގާސިމް އިބްރާހިމަކީ ރާއްޖެއާއި ރާއްޖޭގެ ރައްޔިތުންނަށް ގިނަގުނަ ޚިދުމަތްތަކެއް ކޮއްދެއްވާފައިވާ ބޭފުޅެއް ކަމަށެވެ.
 
 
އަދި އެޚިދުމަތްތަކުގެ ސަބަބުން ރައްޔިތުންގެ ހިތުގައި ގާސިމް އިބްރާހީމްއަށް އޮތް ލޯތްބާއި ގަދަރު އިތުރުވެގެންދާނީ، މިދަނޑިވަޅުގައި ޕީ.ޕީ.އެމްގެ ކެނޑިޑޭޓަށް ތާއީދުކުރުމުން ކަމަށް ގާސިމް އަރިހު ވިދާޅުވި ކަމަށްވެސް މައުމޫން ވިދާޅުވިއެވެ.
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ