ގިނަ މައްސަލަތައް ބަލައިނުގަނެ ކުރިމިނަލް ކޯޓުން ވަނީ ފޮނުވާލަފާ


މިދިޔަ ތިންމަސްދުވަހުގެ ތެރޭގައިވެސް ގިނަ އަދަދެއްގެ މައްސަލަތައް ބަލައިނުގަނެ ކުރިމިނަލްކޯޓުން އަނބުރާ ފޮނުވާލާފައިވާކަމަށް ޑެޕިއުޓީ ޕޮރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް  ވިދާޅުވެއްޖެއެވެ.
 
ނޫސްވެރިންނާ ވާހަކަދައްކަވަމުން ޝަމީމް ވިދާޅުވީ ޕީޖީއަކު ނެތިގެންކަމަށް ބުނެ މަހެއްހާ ދުވަސްވަންދެން ކުރިމިނަލްކޯޓުން މައްސަލަތައް ބަލައިގަތުން ހުއްޓާލާފައި އޮތުމަށްފަހު ސުފްރީމްކޯޓްގެ އަމުރެއްގެ ދަށުން މައްސަލަތައް ބަލައިގަނަން ފެށިފަހުން މިވީ ތިންމަސްދުވަހުގެ ތެރޭގައިވެސް ސަތޭކަ ވިހި މައްސަލަ އަނބުރާ ފޮނުވާލާފައިވާކަމަށެވެ. މިއާއެކު ބަލައިނުގަނެއް ހުރި މައްސަލަތަކުގެ އަދަދު ހަތަރު ސަތޭކައަށްވުރެ މައްޗަށް އަރާފައިވާކަމަށްވެސް ޝަމީމް ވިދާޅުވިއެވެ.
 
ޝަމީމް ވިދާޅުވީ ކުރިމިނަލްކޯޓުން މައްސަލަތައް އަނބުރާ ފޮނުވާލަނީ މާލެ ނޫން ރަށްރަށުގައި ދާއިމީ އެޑްރެސްތައް އޮތުމުން އެ މައްސަލަ ނުބެލޭނެކަމަށް ބުނެކަމަށެވެ. އެހެންނަމަވެސް އެމީހުންނަކީ މާލޭގައި ކުށްކުރިބަޔަކަށްވެފައި ގާނޫނުގައިވެސް ބުނެފައިވަނީ އެފަދަ މައްސަލަތައް  ސުޕީރިއަރކޯޓްތަކުން ބެލޭނެކަމަށްވެސް ޝަމީމް ވިދާޅުވިއެވެ.ގިނަ މައްސަލަތަކެއް ޝަރީއަތާއި ހަމައަށް ނުގޮސް ހުއްޓިފައި ހުރުމުން މިކަން ހައްލަކޮށްދިނުމަށް ސުޕްރީމް ކޯޓުގައި އެދިފައިވާ ކަމަށްވެސް ޝަމީމް ވިދާޅުވިއެވެ.
 
 
މިދިޔަ ތިން މަސްދުވަހުގެ ތެރޭގައި ނުވަސަތޭކައަށް ވުރެ ގިން މައްސަލަ ކޯޓްތަކަށް ފޮނުވާފައިވާއިރު ދައުވާކުރުމަށް ނިންމާ އަދި ކޯޓަށް ނުފޮނުވި  ތިންސަތޭކައަށް ވުރެ ގިނަ މައްސަލަތައް އެބަހުރިކަމަށް ޕީޖީ އޮފީހުން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ