ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމަށް ކުރިމަތިވެފައިވާ ސިއްހީ މައްސަލަތަކުގެ ވާހަކަ އަކީ ޖުމްހޫރީ ޕާޓީ އަދި އިދިކޮޅު ފަރާތްތަކުން ވަރަށް ފަހަކާއި ޖެހެންދެން ދައްކަމުން އައި ވާހަކަތަކެކެވެ. އައިޖީއެމްއެޗްގައި ގާސިމް އެޑްމިޓް ކުރައްވާފައި އޮންނެވި އިރު ސޯޝަލް މީޑިޔާ މެދުވެރިކޮށް ގާސިމްގެ ސިއްހީ ހާލުކޮޅާއި ބެހޭ އެންމެ ތާޒާ ޚަބަރުތައް އާންމު ކުރަމުން ދިޔައެވެ.
ބައެއް ބޭފުޅުން ގާސިމް ފަރިއްކުޅުއްވައިފިނަމަ އެވާހަކަ ޓްވީޓް ކުރައްވައެވެ. އަނެއް ބަޔަކު ގެންދިޔައީ ގާސިމަށް ހޮސްޕިޓަލުން ދޫކުރާ ކޮންމެ ލިޔުމެއް ވެސް އާންމު ކުރައްވަމުންނެވެ. އަދި ގާސިމްގެ އަމިއްލަފުޅު ޓީވީ ޗެނަލުން މެދުކެނޑުމެއްނެތި ދައްކަމުން ގެންދިޔައީ ގާސިމްގެ ބޭސްފަރުވާއަށް ސަރުކާރުން “ހުރަސް” އަޅާ ވާހަކައެވެ. އަދި ހަމައެހެންމެ ގާސިމްގެ ފަރުވާގެ އެންމެ ފަހުގެ ތަފްސީލެވެ.
އެހެން ނަމަވެސް ގާސިމް އިބްރާހިމް ބޭސްފަރުވާއަށް ސިންގަޕޫރަށް ފުރާވަޑައިގަތުމާއި ހިސާބުން އެ އަޑުތައް މަޑު ވެއްޖެއެވެ. ގާސިމްގެ ބޭސްފަރުވާގެ ތަފްސީލް އާންމުކުރުން ހުއްޓާލައިފިއެވެ. މިހާރު ޖުމްހޫރީ ޕާޓީގެ އެކްޓިވިސްޓުން ގާސިމަށް ޑޮކްޓަރުން ދޫކުރާ ލިޔުންތައް ޓްވީޓެއް ނުކުރެއެވެ.
ޖުމްހޫރީ ޕާޓީން ބުނަމުން ގެންދަނީ ގާސިމަށް ފްލައިޓަށް އަރާވަޑައިގަތުމުގެ ހުއްދަ އެއާލައިނުން ނުދޭ ކަމަށެވެ. އެއީ ކޮން އެއާލައިނެއް ކަމެއް ނުވަތަ ސައްހަ ވާހަކައެއްކަން ކަށަވަރުވާ ފަދަ އެއްވެސް ލިޔުމެއް ހާމައެއް ނުކުރެއެވެ .ނުވަތަ ގާސިމަށް ސިންގަޕޫރުގައި ފަރުވާދެމުން ގެންދާކަން އެނގޭނެ ފަދަ ލިޔުމެއް ވެސް އާންމު ނުކުރެއެވެ.
ފާޑުކިޔާ ފަރާތްތަކުން ބުނަމުން ގެންދަނީ، ބޭސްފަރުވާއަށް ކަމަށް ވިދާޅުވެ ސިންގަޕޫރުގައި ގާސިމްވެސް ނަޝީދު ކުޅުއްވި ފަދަ ޑްރާމާއެއް ކުޅުއްވަނީ ކަމަށެވެ.
ރުމާލު2 އަށް އެނގިފައިވާ ގޮތުގައި ގާސިމްގެ ބޭސްފަރުވާގެ ކަންތައް ސިންގަޕޫރުގައި ކުރިއަށް ގެންދާގޮތުގެ އެއްވެސް ތަފްސީލެއް ކަރެކްޝަނަލް ސަރވިސް އަށް ގާސިމްގެ ފަރާތްޕުޅުން ހުށަހަޅާފައި ނުވާކަމަށް ވެއެވެ.
ސިންގަޕޫރުގައި ގާސިމް ހޯއްދަވާ ބޭސްފަރުވާގެ ތަފްސީލް ސޯޝަލް މީޑިޔާގައި އާއްމު ނުކުރަނީ ކީއްވެ؟
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ