މަންދޫއަށް ކަރަންޓް ލިބިއްޖެ

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އދ. މަންދޫއަށް ހޮނުއަޅައި ކަރަންޓް ކެނޑުނު ނަމަވެސް މިހާރު އެރަށަށް ކަރަންޓު ލިބިއްޖެކަމަށް އެރަށު ކައުންސިލްގެ ރައީސް މުހައްމަދު ނަސީމް ވިދާޅުވެއްޖެއެވެ.
ނަސީމް ރާއްޖެއެމްވީއަށް ވިދާޅުވީ މިއަދު މެންދުރު ފަހު 2:30 ހާއިރު ހޮނުއަޅައި އިންޖީނުގެއަށް ގެއްލުންވެ ކަރަންޓް ކެނޑުނު ނަމަވެސް މިރޭ 7:30 ހާއިރު ކަރަންޓު އަނބުރާ ލިބިފައިވާކަމަށެވެ. ހޮނު އެޅުމުގެ ސަބަބުން ލިބުނު ގެއްލުންތައް އެނގޭނީ މާދަމާކަމަށް އޭނާ ވިދާޅުވިއެވެ.
ސްޓޭޓް އިލްކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)އިން މިއަދު އިރުއޮއްސުނު އިރު ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ މަންދޫއަށް ހޮނު އަޅައި އެރަށު އިންޖީނުގޭގެ ޕެނަލް ބޯޑަށްވެސް ގެއްލުންވެފައިވާކަމަށެވެ. އަދި ކަރަންޓު ދިނުމަށް އެ ކުންފުނީގެ ޓީމެއް އެރަށުގައި ހަރަކާތްތެރިވާކަމަށެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައަކީ ރާއްޖޭގެ ސަރަހައްދުގައި އުފެދިފައިވާ ކޮޅިގަނޑުގެ ސަބަބުން ކުރާ ވިއްސާރައެއްކަމަށާއި ކުރިއަށް އޮތް 48 ގަޑި އިރު ތެރޭގައި ބޯކޮށް ވާރޭވެހި ގުގުރާ އަދި ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭކަމަށް މޯލްޑިވްސް މީޓްރިއޮލޮޖިކަލް ސެންޓަރ(މެޓް އޮފީހުން) ބުނެއެވެ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ