މަޖިލީހުގެ މެޖޯރިޓީ މި ސަރުކާރަށް ހިފެހެއްޓޭނީ މަޖިލިސް މެމްބަރުން ޖަލަށް ލައިގެން ކަމަށްވާތީ އެކަން އެގޮތަށް ކުރައްވަމުންގެންދަވާ ކަމަށް ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރުކަންވެސް ކުރައްވާ އަބްދުﷲ ރިޔާޒު ހުކުރު ދުވަހުގެ ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައްޔިތުން މަޖިލީހުގެ މެޖޯރިޓީ މެމްބަރުން އިދިކޮޅު ފަރާތްތަކާ ގުޅުމުން ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ ހިފެހެއްޓޭނީ، މަޖިލިސް މެންބަރުންތަކެއް ޖަލަށް ލައިގެން ކަމަށް ގަބޫލުކުރެވޭތީވެ އެކަން އެގޮތަށް ކުރާ ކަމަށެވެ. އަދި ތަހުގީގު ކުރުމުގެ ބޭނުމުގައި މީހުން ޖަލުގައި ބަންދުކުރުމަކީ ގާނޫނު އަސާސީން އަދި ޖިނާއި އިޖުރާތުގެ ގާނޫނުވެސް ދަންނަ ކަމެއް ނޫން ކަމަށް ޕޮލިސް ކޮމިޝަނަރުކަންވެސް ކުރައްވާފައިވާ އަބްދުﷲ ރިޔާޒް ވިދާޅުވި އެވެ.
Majlihuge majority Opposition ah dhiyumun sarukaarah majlihuge majority hifehehteynee MPs thakeh jalah laigen kamahvaatheeve kurahvaa kamehkamugai dheken. Thahuqeeq kurumuge beynumugai meehun jalugai bandhukurumakee Qaanoon asaasee adhi Jinaaee ijuraathu dhannakameh noon! https://t.co/fmWzNgjnqF
ރިޔާޒް އެގޮތަށް ވިދާޅުވިއިރު، އެކި ކުށްކުށުގެ ތުހުމަތުކޮށް މި ސަރުކާރުން ވަނީ ރައްޔިތުންގެ މަޖިލީހުގެ ގިނަ މެމްބަރުންތަކެއް ހައްޔަރުކޮށް ޖަލަށްލައިފަ އެވެ. އޭގެތެރެއިން ގިނަ މެމްބަރުން ހައްޔަރުކޮށްފައިވަނީ ވެރިކަން ވައްޓާލުމަށް މަސައްކަތްކުރާކަމުގެ ތުހުމަތުގަޔާއި، ރިޝްވަތުގެ ތުހުމަތުގަ އެވެ. އަދި ބައެއް މެމްބަރުންގެ މައްޗަށް ކުރާ ދައުވާތަކުގެ ޝަރީއަތް މިހާރުވެސް ކޯޓުތަކުގައި އަންނަނީ ކުރިއަށްގެންދަމުންނެވެ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
މެމްބަރުން ހައްޔަރުކުރަނީ މަޖިލީހުގެ މެޖޯރިޓީ ހޯދުމަށް، މެޖޯރިޓީ ލިބޭނެ ހަމައެކަނި ގޮތަކީ އެއީކަމަށްވާތީ: އަބްދުﷲ ރިޔާޒް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ