އަންނަ އަހަރަށް ލަފާކޮށް، ސަރުކާރުން ހުށަހެޅި ބަޖެޓު ފާސް ކުރަން ނަގާ ވޯޓު މަޑުޖައްސާލުމަށް ވަގުތީ އަމުރެއް ނެރެ ދިނުމަށް އެދި އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ ގޮތުގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ 27.9 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ރައްޔިތުންގެ މަޖިލީހަށް ފިނޭންސް މިނިސްޓަރު ބަޖެޓް ހުށަހެޅުއްވީ މިމަހުގެ 15 ވަނަ ދުވަހު އެވެ. ބަޖެޓް ކޮމިޓީގެ ފުރަތަމަ ބައްދަލުވުން އެދުވަހު ބާއްވާ ކޮމިޓީގެ މުގައްރިރާއި ނައިބް މުގައްރިރު ކަނޑައެޅުމަށްފަހު 10 ދުވަހުގެ ތެރޭގައި ބަޖެޓް ދިރާސާކުރުމުގެ މަސައްކަތް ކޮމިޓީން ނިންމަން ވަނީ ފާސްކޮށްފަ އެވެ.
އެމްޑީޕީން ކޯޓަށް ހުށަހެޅި މައްސަލާގައި ވަނީ ބަޖެޓު ފާސް ކުރުމަކީ ގާނޫނެއް ފާސްކުރާ ދަރަޖައިން އިފްތިރާޟުވެގެންވާ ކަމަކަށް ވާތީ މަޖިލީހުން ބަޖެޓް ފާސް ކުރަން ވާނީ ގާނޫނުއަސާސީގެ މާއްދާއަށް ރިއާޔަތްކޮށް، މަޖިލީހުގެ ގަވާއިދުގެ 38 ވަނަ މާއްދާގެ ދަށުން މަޖިލީހުގެ މެމްބަރުންގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ މެމްބަރުންގެ އަގުލަބިއްޔަތުން ކަމަށް ކަނޑައަޅައި ދިނުމަށެވެ.
ވީނިއުސްއަށް އިނގިފައިވާގޮތުގައި ބަޖެޓުގެ މިމައްސަލަ އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހެޅީ އާންމު މަސްލަހަތާ ގުޅޭ މައްސަލައެއްގެ ގޮތުގައި ކަމަށެވެ.
ތަފްސީލް އަންނަނީ-----
ބަޖެޓު ފާސްކުރަން ނަގާ ވޯޓު ހުއްޓުވަން ސުޕްރީމް ކޯޓަށް ހުށަހަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ