މީގެކުރިން އެހީ ދީފައިނުވާ ގައުމުތަކުންވެސް ޑޯނަރސް ކޮންފަރެންސްގައި ބޮޑެތި އަދަދުތައް ދިނުމަށް ނިންމާފައިވޭ: ޑރ.ޝަހީދު

14:30މީގެކުންދިޔަ ޑޯނަރސް ކޮންފަރެންސުން މީގެކުރިން ރާއްޖެ އަށް އެހީ ދީފައިނުވާ ގައުމުތަކުންވެސް ބޮޑެތި އަދަދުތައް ދޭން ނިންމާފައިވާ ކަމަށް ފޮރިން މިނިސްޓަރ ޑރ. އަހުމަދު ޝަހީދު ވިދާޅުވެއްޖެ އެވެ.ބަނޑޮސް އައިލެންޑް ރިސޯޓްގައި ދެ ދުވަހުގެ މުއްދަތައް ކުރިއަށް ދިޔަ ޑޯނަރ ކޮންފަރެންސް އާ ބެހޭ ގޮތުން ފޮރިން މިނިސްޓްރީގައި މަޢުލޫމާތު ދެއްވަމުން ޑރ. ޝަހީދު މިއަދު ވިދާޅުވީ ޑޯނަރ ކޮންފަރެންސުން އެންމެ ގިނަ ޢަދަދުތައް ދޭން ނިންމި ގައުމުތަކުގެ ތެރޭގައި ހިމެނެނީ އިސްލާމީ ގައުމުތަށް ކަމަށާއި އަދި އޭގެތެރޭގައި މީގެކުރިން ރާއްޖެއަށް އެހީދީފައިނުވާ ގައުމުތަކުން ބޮޑެތި އަދަދުތައް ހުށަހަޅާފައިވާ ކަމަށެވެ. އަދި ޑޯނަރސް ކޮންފަރެންސް ފެށުނު އިރުވެސް 100 މިލިއަން ޑޮލަރު ލިބިފައިވާ ކަމަށް ވެސް ޑރ.ޝަހީދު ވިދާޅުވި އެވެ.ރާއްޖެ އަށް އެހީދޭ ފަރާތްތަކާއެކު ބޭއްވި ބައްދަލުވުމުގެ ސަބަބުން ރާއްޖެއަށް ކުރިއަށް އޮތް ތިން އަހަރަށް ބޭނުންވާ 450 މިލިއަން ޑޮލަރުގެ ބޭރު އެހީގެ ތެރެއިން 313 މިލިއަން ޑޮލަރުގެ އެހީ ރައްޖެއަށް ލިބިފައިވާ ކަމުގެ ޔަގީން ކަން ސަރުކާރުން ވަނީ ދީފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ