ގައްދޫ ދާއިރާގެ މެންބަރު ޒާހިރުގެ ޕާސްޕޯޓު ހިފަހައްޓައިފި

އެމްޑީޕީ ޕާރލަމެންޓްރީ ގްރޫޕުގެ ގައްދޫ ދާއިރާގެ މެމްބަރ ޒާހިރު އާދަމްގެ ޕާސްޕޯޓް ހިފަހައްޓާފައިވާ ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.
ޒާހިރު ވިދާޅުވީ ޕާސްޕޯޓު ހިފަހައްޓާފައިވާކަން އެނގިވަޑައިގަނީ ރޭގެ ވަގުތެއްގައިފުރާވަޑައިގަންނަވަން އުޅުއްވަނިކޮށް ކަމަށެވެ.
ޒާހިރު އާދަމް ވިދާޅުވީ، މިކަމަކީ އެއްވެސް ތާކުން ތާކު ނުޖެހޭ ކަމެއްކަމަށާއި، ޒާހިރު އާދަމަށް އެނގިވަޑައިގެން ރާއްޖޭގެ އެއްވެސް ކޯޓެއްގައި ބަލަމުންދާ މައްސަލައެއް ނޯންނާނެ ކަމަށާއި، ޕާސް ޕޯޓް އަތުލީ ކޮން ކޯޓަކުން ކަމެއްވެސް އެނގިވަޑައިނުގަންނަވާ ކަމަށެވެ.
އަދި އެއްވެސް ފަރާތަކުން ޗިޓްއެއްވެސް ހަވާލު ކުރަން ބޭނުންނަމަ އެއީ ވަރަށް ފަސޭހައިން ވާނެ ކަމެއްކަމަށާއި ، ޗިޓެއް ހަވާލުކުރަން އުޅޭކަމެއް އެނގިވަޑައިގެން ނެތްކަމަށް ވެސް ޒާހިރު އާދަމް ވިދާޅުވިއެވެ.
އަދި މި ފަދަކަންކަމަކީ އެމްޑީޕީގެ މެމްބަރުންނަށް ގޯނާ ކުރުމަށް ކުރާ ކަންތައްތައް ކަމަށާއި، އެމްޑީޕީއިން ކުރަމުންގެންދާ އިސްލާހީ މަސައްކަތްތަކަށް ހުރަސްއަޅައި ބިރުދެއްކުމުގެ ގޮތުން ހިންގަމުން ގެންދާ އަމަލުތަކެއްކަމަށް ޒާހިރު އާދަމް ތުހުމަތުކުރެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ