ޝަމްސުއްދީނާއި ހުޅުދޫ ސްކޫލް އެއްކޮށްލަން ހުށަހަޅައިފި

ހުޅުދޫ ސްކޫލާއި މީދޫ ޝަމްސުއްދީން ސްކޫލް އެއްކޮށްލުމަށް އެޑިއުކޭޝަން މިނިސްޓްރީ އަަށް ހުށަހަޅާފައިވާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފި އެވެ.
ދާދި ފަހުން ކައުންސިލުން މާލެ އަށް ކުރި ދަތުރުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތި ޝިހާމާ ކައުންސިލުން ވަނީ އެކަން ހިއްސާކޮށްފަ އެވެ.
ކައުންސިލްގެ އޮފިޝަލަކު ވިދާޅުވީ އެ ހިޔާލު ކައުންސިލުން މިނިސްޓަރާ ހިއްސާ ކުރެމުން އެކަމަށް ވަކި ޖަވާބެއް ނުދެއްވާ ކަމަށެެވެ.
އޭނާ ވިދާޅުވީ އެ ދެ ސްކޫލް އެއްކޮށްލައި، އެއް ސްކޫލެއްގެ ގޮތުގައި ހިންގަން ކައުންސިލުން ހުށަހެޅި ދެ ތަނަކީ ވެސް ވަރަށް މަދު އަދަދަކަށް ދަރިވަރުން ކިޔަވާ ސްކޫލްތަކަށްވުމާ އެކު، ހުރި ދަތިތަކާ ގުޅިގެން ކަމަށެވެ.
ހުޅުދޫ ސްކޫލާއި ޝަމްސުއްދީން ސްކޫލަކީ ގްރޭޑް 1-7 އަށް ކިޔަވައިދޭ ދެ ސްކޫލެވެ.
ސްކޫލްތަކުގައި ކިޔަވާ ދަރިވަރުންގެ އަދަދު މަދު ނަަމަ، އެ ސްކޫލްތަކަށް ދެވޭ ސަމާލުކަން ކުޑަވާ ކަމަށް ގިނަ ބެލެނިވެރިން ވެސް ބުނެ އެވެ.
މީގެ ކުރިން ވެސް އައްޑޫގެ ދެ ސްކޫލެއް ވަނީ އެއްކޮށްލާ އެވެ. އެއީ ހިތަދޫގައި ހުރި ސ. އަތޮޅު ތައުލީމީ މަރުކަޒާއި ކުރީގެ މުހިއްބުއްދީން ސްކޫލެވެ. އެ ދެ ތަން އެއްކޮށްލައި މިހާރު ހިންގަންނީ ޝަރަފުއްދީން ސްކޫލްގެ ނަމުގަ އެވެ.
އަދި ސްކޫލް ހިންގަނީ ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު ގްރޭޑް 1-10 އަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ