ޕިއްްޒާ ބޯނާ ހަވީރު ބަދިގެ: ސިޓްރަން ސްޕެޝަލް އޮރެންޖް ޗިކަން

ސިޓްރަން ސްޕެޝަލް އޮރެންޖް ޗިކަން ބޭނުންވާ ތަކެތި 1 ޗިކަން ބެރެސްޓް 2 ބިސް 1މސ ފުށް 1މސ ކޯން ފްލާ 3ސސ ގެރިކިރު 2ސސ އޮރެންޖް ސިރަޕް ތެޔޮ 2/1ސސ ރީނދޫ 1 ލުނބޯ 2/1ސސ އަސޭމިރުސް 2/1ސސ ލޮނު ތައްޔާރުކުރާނެ ގޮތް ކުކުޅުކޮޅު ކޮށާލުމަށް ފަހު ބިސް، އަސޭމިރުސް، ފުށް، ކޯން ފްލާ އަދި ރީނދޫކޮޅެއްގައި ރަނގަޅަށް މޮޑެލާށެވެ. ދެން ތެޔޮފޮދެއްގައި ކުކުޅުކޮޅު ފްރައި ކޮށްލާށެވެ. ބޭނުންވާ ސޯސްކޮޅު ތައްޔާރުކޮށްލުމަށް އޮރެންޖް ސިރަޕް، ގެރިކިރު، ލުނބޯ ހުތް އަޅައި ރަނގަޅަށް އެއްކޮށްލާށެވެ. ފްރައިޑް ކުކުޅުކޮޅާއި އެކު ސޯސްކޮޅު ސާވް ކޮށްލާށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ