120 ވަނަ ސިފައިންގެ އަހަރީ ދުވަހުގެ މުނާޞަބަތުގައި ބާއްވާ ޢާއިލީ ހަވީރު މިއަދު ފަށާ ގޮތަށް ހަމަޖައްސައިފި އެވެ.              
މާދަމާއިން ފެށިގެން ތިން ދުވަހުގެ ނިޔަލަށް ބޭއްވުމަށް ހަމަޖެހިފައިވާ މިޢާއިލީ ހަވީރު ކުރިއަށްދާނީ ހުކުރު، ހޮނިހިރު އަދި އާދިއްތަ ދުވަހުގެ ހަވީރު 4:00 އިން 6:00 އަށެވެ.
ސިފައިންގެ ޢާއިލާތަކުގެ ކުޑަކުދިންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މިޢާއިލީ ހަވީރުގައި ކުޑަކުދިންނަށް ޚާއްޞަކޮށްގެން ތަފާތު ގޭމްތަކާއި، ލަވަކިޔުމާއި، މުނިފޫހިފިލުވުމުގެ ހަރަކާތްތައް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވެއެވެ.
އަދި ސިފައިންގެ ޔުނިފޯމްގައި ކުޑަކުދިންނަށް ފޮޓޯ ނެގުމުގެ ސެޝަންތައްވެސް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވެއެވެ.
ސިފައިންގެ ދުވަހުގެ މުނާޞަބަތުގައި ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ޢާއިލީ ހަވީރަކީ ސިފައިންގެ ޢާއިލާތަކުގެ ކުޑަކުދިންގެ މެދުގައި އަބަދުވެސް ވަރަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ހަރަކާތެކެވެ.
    
    ސިފައިންގެ ޢާއިލީ ހަވީރު މިއަދު ފަށަނީ
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ