ކޮވިޑާ ގުޅިގެން އަޅައިފައިވާ ފިޔަވަޅުތައް އުވާލަންޖެހޭ: މެމްބަރު އާޒިމް

ކޮވިޑާ ގުޅިގެން އަޅައިފައިވާ ފިޔަވަޅުތައް އުވާލުމަށް، ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޒިމް ގޮވައިލައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނައިފަރު މަދަރުސަތުލް އިފްތިތާހުގެ ކިޔެވުން ހަރުދަނާ ކުރުމާ ގުޅޭގޮތުން ހުށަހަޅާފައިވާ މައްސަލަައަށް ވާހަކަ ދައްކަވަމުން މެމްބަރ އާޒިމް ވިދާޅުވީ ތައުލީމީ ދާއިރާއަށް މިވަގުތު އެޅޭ އެންމެ ބޮޑު ހުރަހަކީ ކޮވިޑްގެ ހުރަސް ކަމަށާއި އެ ހުރަހުން އަރައިގަންނަން ޖެހޭ ކަމަށެވެ.
އަދި ރާއްޖޭގައި ކޮވިޑް-19 އާ ގުޅިގެން އިއުލާނު ކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތު ދެމިއޮންނަތާ ދެ އަހަރުވަނީކަން ފާހަގަކޮށް މެމްބަރު އާޒިމް ވަނީ އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
މެމްބަރ އާޒިމް ވަނީ ކޮވިޑާ ގުޅިގެން މިހާ ދިގުކޮށް ކުއްލި ހާލަތު އިއުލާނުކޮށްފައިވަނީ އެހެން ކޮން ގައުމަކުންތޯ ސުވާލުކުރަންޖެހޭ ކަމަށާއި ނިއުނޯމަލްގައި އުޅެންޖެހޭ ހާލަތު މިއަދު އައިސްފައިވާ ކަމަށް ވިދާޅުވެފައެވެ.
އަދި އޭނާ ވަނީ މާސްކް އެޅުން ހުއްޓާލަންޖެހޭ ކަމަށްވެސް ވިދާޅުވެފައެވެ.
އަލީ އާޒިމް ވަނީ ކޮވިޑް ނިމިއްޖެ ކަމަށް މަޖިލީހުން ސަރުކާރަށް ގޮވާލަންޖެހޭ ކަމަަށް ވިދާޅުވެފައެވެ. އަދި އެމްޑިޕީ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރުގެ އިންތިހާބުން ބަލިވިފަހުން އަލީ އާޒިމް އަންނަނީ ސަރުކާރުގެ ކަންކަންމަށް ފާޑު ވިދާޅުވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ