ވެރިކަން ކުރަން ރައީސް ސޯލިހަށް އަދި ލިބުނީ އެންމެ އަހަރެއް: ގާސިމް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ވެރިކަން ކުރަން ލިބިވަޑައިގަތީ އަދި އެންމެ އަހަރެއް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ރައީސް ސޯލިހު ވެރިކަމުގެ ހުވާ ކުރެއްވީ ނޮވެމްބަރު 17، 2018ގަ އެވެ. އެހެންކަމުން ހިނގަމުން މިދަނީ ރައީސް ސޯލިހުގެ ވެރިކަމުގެ ހަތަރުވަނަ އަހަރެވެ. އެމަނިކުފާނުގެ ރިޔާސީ ދައުރު ނޮވެންބަރު 17، 2023 އަށް ހަމަވާނެ އެވެ.
ށ. ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެނޑިޑޭޓް މުހައްމަދު ރާޝިދު (ރާޑޯ)ގެ ކެމްޕެއިނަށް ކޮމަންޑޫއަށް ވަޑައިގެން ވާހަކަދައްކަވަމުން ގާސިމު ވިދާޅުވީ، ކޮވިޑުގެ ބަލިމަޑުކަމާއި ގުޅިގެން އަމިއްލައަށް ތަޅުލެވިގެން ތިބެން ޖެހުނު ދުވަސްތައް ކެނޑުމުން ރައީސް ސޯލިހަށް ވެރިކަން ކުރަން އަދި ލިބިވަޑައިގަތީ އަހަރެއްހާ ދުވަސް ކަމަށެވެ. ބަޔަކު ގަބޫލުނުކުރިޔަސް ހަގީގަތަކީ އެއީ ކަމަށްވެސް ވިދާޅުވިއެވެ.
“މި ހާލަތު [ކޮވިޑްގެ ބަލިމަޑުކަން] ގައި ކިހިނެތްތޯ ދެން ކަންކަން ކުރާނީ. އެހެންވީމަ ވެރިކަން ކުރަން [ރައީސް ސޯލިހަށް] އަދި އެ ލިބިވަޑައިގަތީ އެންމެ އަހަރެކޭ އިނގޭތޯ. މިއީ ހަގީގަތަކީ،” ގާސިމް ވިދާޅުވި އެވެ.
(ތަފްސީލު އަންނަނީ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ