ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާން ފަހްމީއާ ގުޅިފައިވާ ދަރަނީގެ މައްސަލަ ކޯޓުން ބޭރުގައި ހައްލުކުރަން ދެ ފަރާތުން އެއްބަސްވެއްޖެ އެވެ.
އަލްހާން ފައިސާ ދައްކަންޖެހޭ ދަރަންޏަކީ އޭނާއާއި ސ. ފޭދޫ ހިރުދުމާގޭ މުހައްމަދު ސައީދުއާއި ސިލްވަލޭން ކޮމްޕެނީން އެސްޓީއޯއާއި އެކު 27 ނޮވެމްބަރު 2010 ގައި ހަދާފައިވާ އެއްބަސްވުމެއްގެ ދަށުން 4.6 މިލިއަން ރުފިޔާގެ މުދާ ކްރެޑިޓަށް ނެގުމަށް ފަހު އެ ފައިސާ އެސްޓީއޯ އަށް ދައްކާފައި ނުވާ މައްސަލަ އެވެ.
އެސްޓީއޯ އިން ބުނީ ކްރެޑިޓަށް މުދާ ނެގީ ލޯންޗަކާއި ކާރެއް މޯގޭޖްކުރުމަށް ފަހު އެމުދަލަށް ދައްކަންޖެހޭ ފައިސާއަށް އަލްހާނާއި ސައީދު ފަރުދީގޮތުން ޒިންމާވާނެ ކަމަށް އެއްބަސްވުމަށްފަހު ކަމަށެވެ. ކްރެޑިޓަށް ނެގި މުދަލުގެ ފައިސާ އެއްވެސް ވަރަކަށް ދައްކާފައި ނުވާ ކަމަށްވެސް އެސްޓީއޯ އިން ކޯޓަށް ހުށަހަޅާފައިވާ މައްސަލާގައި ބުނެފައިވެ އެވެ.
މިމައްސަލާގައި ދެ ފަރާތުން އެއްބަސްވުމަކަށް އައިސްފައިވާތީ މައްސަލައިގެ ޝަރީއަތް ކޯޓުގައި ނުގެންދިއުމަށްވެސް ސިވިލް ކޯޓުން މިހާރު ވަނީ ނިންމާފަ އެވެ.
އެސްޓީއޯ އިން ކޯޓަށް ހުށަހެޅި މައްސަލައާއި ގުޅިގެން މިމަހުގެ 14 ވަނަ ދުވަހު އޮތް އަޑުއެހުމަށް އަލްހާން ކޯޓަށް ހާޒިރުކުރީ ފުލުހުންގެ ބަންދުގައި ބަހައްޓައިގެންނެވެ
އަލްހާނުގެ ދަރަނީގެ މައްސަލަ ކޯޓުން ބޭރުގައި ހައްލުކުރަން އެއްބަސްވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ