ސުޕްރީމް ކޯޓުގެ އެސިސްޓެންޓް ރަޖިސްޓްރާގެ މަގާމަށް ފައިސަލް ހަމަޖައްސައިފި
ސުޕްރީމް ކޯޓުގެ އެސިސްޓެންޓް ރަޖިސްޓްރާގެ މަގަށް ފައިސަލް އާދަމް އައްޔަންކުރައްވައިފި އެވެ. މިއަދު ޑީޖޭއޭއިން ބުނީ ސުޕްރީމް ކޯޓުގެ އެސިސްޓެންޓް ރަޖިސްޓްރާގެ މަގާމަށް ފައިސަލް އައްޔަންކޮށްފައިވާ ކަމަށެވެ. އެ މަގާމަށް އޭނާ އައްޔަން ކުރެއްވީ ޖުޑިޝަލް އެޑްމިނިސްޓްރޭޓާ ޑރ. އަބްދުﷲ ނަޒީރު އެވެ. ފައިސަލް އަކީ މީގެ ކުރިން ހުންނެވީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގެ ތަރުޖަމާނުގެ ގޮތުގަ އެވެ. ފައިސަލް އެސިސްޓެންޓް ރަޖިސްޓްރާގެ މަގާމަށް އައްޔަންކޮށްފައިވާ އިރު ޖެނުއަރީ 13ގައި އެ ކޯޓުގެ ރަޖިސްޓްރާ ކަމަށް ބޭފުޅަކު އައްޔަންކޮށްފައިވެއެވެ. ކޯޓުގެ ރަޖިސްޓްރާގެ މަގާމަށް އައްޔަން ކުރީ ސ.ހުޅުދޫ، ރަތްވިލާގެ، އަލްއުސްތާޒާ ރައުފާ ހައިދަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ