ކޮމަންޑޫ ދާއިރާގެ ޕީޕީއެމްގެ ޓިކެޓް ފަތުހީ އަށް

ރައްޔިތުން މަޖިލީހުގެ ހުސްވެފައިވާ ކޮމަންޑޫ ދާއިރާގެ ޕީޕީއެމްގެ ޓިކެޓް ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު މޫސާ ފަތުހީ އާދަމަށް ދީފި އެވެ.
ފަތުހީއަށް ޓިކެޓު ލިބުނީ ޕްރައިމަރީއަކާ ނުލަ އެވެ. އެއީ ޕީޕީއެމްގެ ޓިކެޓުގައި އެ ދާއިރާއަށް ވާދަކުރައްވާނެ ބޭފުޅަކު ހޯދުމަށް ޕްރައިމަރީ އަށް ހުޅުވާލުމުން އެކަމަށް އެދި ފޯމު ހުށަހެޅުއްވީ އޭނާ އެކަނި ކަމަށްވާތީ އެވެ.
ކޮމަންޑޫއަށް އުފަން ފަތުހީ އަކީ ބިޒްނެސް އެންޑް އެޑްމިނިސްޓްރޭޝަން އިން މާސްޓާސް ފުރިހަމަ ކުރައްވައި، ޝަރުއީ ދާއިރާއިން ޑިގްރީ ހާސިލު ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ ށ. އަތޮޅުގެ އަތޮޅުވެރިކަންވެސް ކުރައްވައިފަ އެވެ.
އަދި ރާއްޖޭގައި އެންމެ ފުރަތަމަ ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ށ. އަތޮޅު ކައުންސިލްގެ ރައީސްކަންވެސް އޭނާ ކުރައްވާފައިވެ އެވެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ