ބިޑެންގެ ކެމްޕޭނަށް ބްލުމްބާގް 100 މިލިޔަން ޑޮލަރު ހަދިޔާ ކޮށްފި

އެމެރިކާގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރާ ޖޯ ބިޑެންގެ ކެމްޕޭނަށް މަޝްހޫރު ބިލިޔަނަރު މައިކް ބްލުމްބާގް 100 މިލިޔަން އެމެރިކާ ޑޮލަރު ހަދިޔާކޮށްފި އެވެ.
ފްލޮރިޑާގެ ކެމްޕޭނުގައި މިހާ ބޮޑު އެހީތެރިކަމެއް ދީފައި މިވަނީ ފްލޮރިޑާ އަކީ މޮޅުވުމަށް އެންމެ ގިނަ ވޯޓު ބޭނުންވާ ސަރަހައްދަށްވުމުން ކަމަށް ބެލެވެ އެވެ.
ބްލުމްބާގް ވަނީ މި އަހަރު ޓްރަމްޕް ބަލިކުރުމަށް ބިލިޔަނަކަށްވުރެ ގިނަ ރުފިޔާ ހަރަދު ކޮށްފައެވެ.
ޓްރަމްޕް ބުނެފައިވަނީ ރިޔާސީ އިންތިހާބުގައި އޭނާ ހަރަދު ކުރާނީ އޭނާގެ އަމިއްލަ ރުފިޔާ ކަމަށެވެ. ވޯޓުލުން ހުޅުވާޅުމަށް ހަމަޖެހިފައި އޮތީ ސެޕްޓެމްބަރު 24 ގައެވެ.
ދެ ފަރާތުންވެސް އަންނަނީ މިހާރު ވަރަށް ގަދައަށް ކެމްޕޭނު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ