ރައީސް ޓޫރިޒަމް ދުވަހުގެ ތަހުނިޔާ ފޮނުއްވައިފި

މިއަދު ފާހަގަކުރާ ދުނިޔޭގެ ޓޫރިޒަމް ދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ފޮނުއްވައިފި އެވެ. ރައީސް ސޯލިހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޓޫރިޒަމް ދާއިރާގެ ތަރައްގީ އަށާއި ކުރިއެރުމަށް މަސައްކަތްކުރާ ހުރިހާ ޖަމްއިއްޔާތަކަށާއި ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަށާއި އެހެންމެހާ ފަރާތްތަކަށް ދުވަހުގެ ތަހުނިޔާ އަރިސްކުރައްވާ ކަމަށެވެ. https://twitter.com/ibusolih/status/1310147426443956224 "ކޮވިޑް19 އާއެކު ދިމާވި ގޮންޖެހުންތަކުން އަރައިގަތުމަށް މަސައްކަތްކުރާ މި ދަނޑިވަޅުގައި ރާއްޖެ ޒިޔާރަތްކުރާ ހުރިހާ ފަރާތްތަކަށް ރާއްޖޭގެ ގޮނޑުދޮށްތަކަށް މަރުހަބާ،" ކިޔާ ކަމަށް ރައީސް ވިދާޅުވި އެވެ. ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވަނީ ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންނަށް ދުވަހުގެ ތަހުނިޔާ ފޮނުއްވައިފަ އެވެ. https://twitter.com/Mausoom_Maus/status/1310080893868896256 މީގެ އިތުރުން ދާއިރާގެ ކުރިއެރުމަށް ގުޅިގެން މަސައްކަތްކުރާ ހުރިހާ ފަރާތްތަކުން ކުރާ މަސައްކަތް ފާހަގަ ކުރައްވާ އެ ފަރާތްތަކަށް ވެސް މިނިސްޓަރު ވަނީ ޝުކުރު އަދާކުރައްވައި ދުވަހުގެ ތަހުނިޔާ އަރިސްކުރައްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ